ޚަބަރު

ކެތްތެރިކަން ކޮޅުންލައި، ޝުޢައިބުގެ ހޫނު ޙަމަލާތަކެއް ރައީސް ނަޝީދަށް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ރައީސް ނަޝީދަކީ ދިވެހިރާއްޖެއަށް އުފަންވި އެންމެ އަނިޔާވެރި މީހާކަމަށާއި އެމަނިކުފާނުގެ އަނިޔާގެ ސަބަބުން ކެތްތެރިކަން ކޮޅުންލައިފި ކަމަށް ވިދާޅުވެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުޢައިބު) ރައީސް ނަޝީދަށް ބަހުގެ ހޫނު ޙަމަލާތަކެއް ދެއްވައިފިއެވެ.

Ads by MWSC

"ވައި މުޢިއްޒު"ގެ ނަމުގައި ރޭ ޗެނަލް13އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ، އިސްލާޙީ ޙަރަކާތުގައި ވެސް އިސްކޮށް ޙަރަކާތްތެރިވި ފުރަހަނި ޝުޢައިބު ވިދާޅުވީ އެމްޑީޕީއާއި މުޅި ސަރުކާރު ވެސް އޮތީ ރައީސް ނަޝީދުގެ އަތްދަށުގައި ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ރައީސް ނަޝީދުގެ ކިބައިން ސަލާމަތް ނުވެވުނު ކަމަށެވެ. އަދި މިފަދަ ޙާލަތެއްގައި މާލޭ ސިޓީއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް ޢަބްދުއްސައްތާރަށް ވޯޓް ދިނުމަކީ ރައީސް ނަޝީދަށް އެ ގޮނޑި ދިނުން ކަމަށް ވިދާޅުވެ އަނަސްގެ ފެންވަރާ މެދުވެސް އެމަނިކުފާނު ވަނީ ސުވާލު އުފައްދާފައެވެ.

އަނަސްއަކީ ކާތިބެއް ، މާލޭގެ މޭޔަރުކަން އަނަސްއަށް ދިނުމަށް ވުރެ މާ ރަނގަޅެއް ނޫންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މި ދެވުނީއޭ އިއުލާން ކުރައްވަން

ޝުއައިބު ވަނީ ރައީސް ނަޝީދުގެ ބާރާއި ނުފޫޒު މަޖިލީހާއި ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަރަށް ބޮޑަށް އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަންނި ބުނާ ކޮންމެ އެއްޗެއް އެ އެބަ ވާންޖެހޭ ޕާޓީގެ އަސާސީ ގަވާއިދަށް ، ޕާޓީގެ ސިޔާސަތަށް ، މިހާ ހިސާބަށް ދިޔައިމާ ޗުއްޕު ބުނަން ނުކެރޭ މީހަކު ނުވާނެ އެމްޑީޕީ މެމްބަރަކަށް ވެސް ، ރައްޔިތުންގެ މަޖިލީހުން ވެސް ފެންނަނީ މި މަންޒަރު، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްދޭނެ މެމްބަރަކު ނެތް ، ވަޒީރަކު ނެތް ، ރައީސުލް ޖުމްހޫރިއްޔާ ނޭނގެ ކިހިނެއްކަމެއް ވެފައި މި ހުންނަނީ ވެސް

އިންޑިއާގެ އަތްދަށަށް އުތުރުތިލަފަޅާއި މި ނޫން ވެސް ގިނަ ސަރަހައްދުތަކެއް ދާކަމަށް ބުނާ މި ދުވަސްވަރު ޝުއައިބު ވަނީ އެކަން ވެސް ފާހަގަކޮށް އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. ޝުއައިބު ވިދާޅުވީ ގުޅީފަޅާއި އެހެން ސަރަހައްދުތައް ވިއްކާލުމުން އެކަމުން ގެއްލުން ލިބެނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓެކްސްފައިސާއިން ގުޅީފަޅު ހިއްކާފައި ، ދެން ހުރި ތަނެއް ވެސް ހިއްކާފައި އިންޑިއާ މީހުންނަށް ކީއްކުރަންތޯ ފައިދާ ނަގާފައި ދޭންވީ ، އިންޑިއާ މީހުންނަށް މާލެ ސަރަހައްދު ، އިންޑިއާ މީހުންނަށް އައްޑޫ ، އިންޑިއާ މީހުންނަށް ހއ ، އަޅުގަނޑުމެންގެ މިހެން ހުރި ހަރު މުދާތައް ވިއްކީމާ އަޅުގަނޑުމެންގެ އަންނަން އޮތް ޖީލްތައް ކޮންތާކަށްތޯ ވަންނަނީ " ޝުއައިބު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައީސް މުޙައްމަދު ނަޝީދު ހޮޓާ ރެސްޓޯރެންޓްތަކަށާއި މަސްމާރުކޭޓް ފަދަ ތަންތަނަށް ވަންނަވާ ނަންގަވާ ފޮޓޯތަކާ ގުޅިގެން ވެސް ޝުއައިބު ވަނީ "ވައި މުއިއްޒު" ޕްރޮގްރާމްގައި ވާހަކަ ދައްކަވާފައެވެ. ރައީސް ނަޝީދު ގެއަކަށް ވަންނަވާ ކަޅު ހިލަ ދައަކާ ފޮއެ ހިފައިގެން ފުނޑަށް ވެސް ހުންނަވަފާނެ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ރައްޔިތަކު ބުނާ ވާހަކައެއް އަޑުއަހާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވަމުން ޝުއައިބު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ރައީސުލް ޖުމްހޫރިއްޔާއަށް ސަރުކާރު ހިންގެނީކީ ނޫން ،އެމްޑީޕީގެ ތެރެއިން ސިޔާސަތު ތަންފީޒު ކުރެވެނީކީ ނޫން ، ވަޒީރަކަށް ކަމެއް ކުރެވެނީކީ ނޫން ، އަންނިގެ އަތްމައްޗަށް ހުރިހާ ބާރެއް ލާފައި އަންނިއަކީ ދިވެހިރާއްޖޭގެ ރައްޔިތަކަށް އަޅާލާ މީހެއް ނޫން ، ރައްޔިތަކު ބުނާ ވާހަކައެއް އަޑު އަހަނީކީ ނޫން"ޝުއައިބު ވިދާޅުވިއެވެ.

އެމްޑީޕީގެ ބާރުވެރިކަން އިންތިހާއަށް ލިބިފައި ވީ ނަމަވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭކަން ފާހަގަ ކުރައްވާ ޝުއައިބު ވިދާޅުވީ އެމްޑީޕީ އޮތް ޙާލަތު އެންމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ކުރިއަށް އޮތް އިންތިޚާބަކީ ރައްޔިތުންނަށް ލިބެން އޮތް ހަމައެކަނި އުއްމީދު ކަމަށެވެ.

"އަންނިގެ ނުފޫޒުން އެމްޑީޕީއާއި ދިވެހިރާއްޖެ މިނިވަން ކޮށްގެން ނޫނީ މާލޭގެ ރައްޔިތަކަށް ވެސް ، ރާއްޖޭގެ ރައްޔިތަކަށް ވެސް ހަމަޖެހިގެން ނޫޅޭވޭނެ " ޝުއައިބު ވިދާޅުވިއެވެ.

  1. ޢީސަދަރި

    ޝުށޢައިބު ކޮންމެ ވާހަކައެއް ދެއްކިއަސް އައްޑޫ ރައްޔިތުންނާއި މާލޭ ރައްޔިތުނަށް ޖައްސާފައި ހުރި ސިހުރު ހާހޫރައިގެ ސަބަބުން އެމީހުންގެ ބުއްދިވެސް ހީވަނީ ފަރުދާ ކުރެވިފައިވާހެން. ސިހުރު ބޮނޑިބަތް ކާންދީގެން އަންނި ގެ މައްޗަށް ދީވާނާ ވެފައި އެތިބީ. ހަމަ “ޔެސް ސާރ، ޔެސް ސާރ ތްރީ ބޭގް ފުލް” މިގޮތަށް އެތިބީ.

  2. ާއަހުމަދު

    މާލޭގެ ރައްޔިތުން ރާއްޖޭގެ ރައްޔިތުން ..!! މިވަރުން ފުދޭ ކަލޭ ތިހަދަނީ ރޯބުހުތާން ދޮގު

    • ޔާރު

      ހަގީގަތަށް މީހަކު އެއްޔެކޭ ބުނާއިރަށް އެމީހަކު ގޯސްވަނީ ރަނގަޅުގޮތުގަ ކަންތައް ދާނަމަ މީސްމީހުން ދައްކާވާހަކަ ގޯސް ކުރަންއެންމެ ރަގަޅު

  3. ނަރުދޫ ހަސަނު

    ޝުއައިބޫ. ކަލޭ ކޮންމަގަމެއް ދޭންބުނީމަ ނުދީގެނތަ ތިޔަ އުޅޭނީ އަނެއްކާ. ފޮރިން މިނިސްޓަރ ކަން ދެން ކަލެޔަކަށް ހަމަ ނުދޭނެ ދޯ. ޙޯމް މިނިސްޓަރަކަށް ތަސައްރަފެއް ނުފުދޭ. ދެން ކޮންކަމެއް. އެމް.އެމް.އޭ ޔެއް ފިނޭންސެއް ހަވާލު ކުރާހާ ޢިލްމީ މީހެއް ނޫން. އެހެންވީމަ ދިންކަމެއް ޤަބޫލު ކޮށްލައިގެނއް ހުރިނަމަ މާ ތާހިރު ވީހެއްނު

  4. ަރާއްޖެ

    މީނާގެ ހުރިހާވެސް ކަމަކީ ފެލެޓެއް ނޫނި މާލެއިން ބޮޑު ގޯޗެ ނުދިގެން. މިނަމީ ވަރަ މާލެ ވެފަ އުޅޭ އެބައުޅޭ މިބައުޅޭހެން ތޮޅޭ ސޮރެއް. ރާއްޖެ ތެރެޔަށް ކަމެކުރަންޔާ މިސޮރުމެންނަށް ކެއްނުވާނެ.