ޚަބަރު

ރޯދައިގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން އެޗްޕީއޭއިން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

Ads by STELCO

އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގައި އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކުން ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސް ކުރެއްވުމަށް ދަންނަވާ ކަމަށެވެ.

އަދި ކުރިއަށްއޮތް ރަމަޟާން މަހުގައި ވެކްސިން ދިނުން ކުރިއަށް ގެންދެވޭނީ މަދު ގަޑިތަކެއްގައި ކަމުން ރަމަޟާން މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ހޯއްދެވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއްވިއެވެ.

ސިނޯފޯރމް ވެކްސިންގެ 2 ވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ވުމުން ޖެހޭނެއެވެ. ސިނޯފާރމް ވެކްސިނަކީ ކޮވިޑް-19 އަށް ދެމުންގެންދާ އެހެން ވެކްސިންތަކެކޭ އެއްފަދައިން ރައްކާތެރި ވެކްސިނެކެވެ. މި ވެކްސިންއަކީ "އިން
އެކްޓިވޭޓަޑް" ވައިރަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. މިއީ ގިނަ ޒަމާންތަކެއް ވަންދެން ރައްކާތެރިކަން ޔަޤީންކުރެވިފައިވާ ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީއެކެވެ.

ޒަމާނުއްސުރެ ޖަހަމުންގެންދާ ޕޯލިއޯ، ރޭބީސް ފަދަ ވެކްސިންތައް ތައްޔާރު ކޮށްފައި ވަނީ މި ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. މި ވެކްސިން 25 ޤައުމެއްގައި މިހާރު ބޭނުން ކުރެވެމުންދެއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި ކޮވިޝީލްޑް ވެކްސިން ޖަހާނީ 2 ވަނަ ޑޯޒަށް އެކަނި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!