Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޮކްޓޯބަރ/ނޮވެމްބަރ ގައި އޭ ލެވެލް އިމްތިހާން ހަދަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފި

އޮކްޓޯބަރ/ނޮވެމްބަރ ގައި އޭ ލެވެލް އިމްތިހާން ހަދަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ އޮކްޓޯބަރ/ނޮވެމްބަރ ގައި އޭ ލެވެލް އިމްތިހާނު ހަދަން ބޭނުންވާ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ އޭޕްރިލް/މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުންނަމަ މިހާރުގެ އެޕްލިކޭޝަން ވިތުޑްރޯ ކުރުމަށްފަހު މިއަހަރު އޮކްޓޫބަރ/ނޮވެމްބަރ ގައި އޮންނަ އޭ ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖައްސާފައިވާ ކަމަށެވެ.

ވިތުޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލު ނަމުގައި އަލުން އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށާއި، އެގޮތަށް ވިތުޑްރޯ ކުރެވޭނީ އައި.އޭ.އެލްގެ މާއްދާތަކުން އެކަނި ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެއިތުރުން، އެޗްއެސްސީ ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް އެޑިއުކޭޝަނުން ވިދާޅުވިއެވެ.

ވިތުޑްރޯ ކުރަން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މިމަހުގެ 30ވަނަ ދުވަހުގެ 12:00ގެ ކުރިން އެދަރިވަރެއްގެ ސްކޫލު މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އަށް އަންގަވައިނދެއްވުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އެދިލައްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް