Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުތަކަށް ފަޒީލު އިންކާރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުތަކަށް ފަޒީލު އިންކާރުކޮށްފި

ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަހުމަދު ފަޒީލްގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފިއެވެ.

ފަޒީލް މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފަޒީލުގެ ޢުމުރުން 17 އަހަރުގައި ކުރިކަމަށްބުނާ ކުށުގެ ތުހުމަތަށް އޭނާ އިންކާރު ކުރާކަމަށެވެ. އަދި އެމައްސަލަ ފުލުސް އޮފީހަށް ހުށަހަޅާ ތަޙުޤީޤު ކުރިކަމެއްވެސް އެނގިފައި ނުވާކަމަށާއި، ތުހުމަތުގައިވާ ގޮތަށް ސިޔާސީ ނުފޫޒެއް ބޭނުންކުރަން، އޭރު އޭނައަކީ، ސިޔާސީކަމެއްގައި އުޅުނު މީހެއް ނޫންކަމަށެވެ.

ނަމަވެސް، ކުރެވުނު ތުހުމަތުތައް ތަޙްޤީޤުކޮށް ބަލައިދިނުމަށް އެދި، މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ފަރާތުން އަމިއްލައަށް އެދިފައިވާނެ ކަމަށް ފަޒީލް ބުންޏެވެ.

Advertisement
Ooredoo — Square (box)

ފަޒީލްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު އަންހެނުން ވަނީ މި ހަފްތާގެ ކުރީކޮޅު ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރަަން ފަށާފައެވެ. އެގޮތުން ފަޒީލަށް ރޭޕްގެ ތުހުމަތާއި 18 އަހަރު ނުފުރޭ ކުދިންނަށް ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ފަދަ ބޮޑެތި ތުހުމަތުތައް އޭނާގެ މައްޗަށް އަންނަނީ ކުރެވެމުންނެވެ.

އެއާއެކު ފަޒީލް މަގާމުން ސަސްޕެންޑުކޮށްފައިވާއިރު، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ވަނީ އެ ޕާޓީގެ ހަރަކާތްތަކުން އޭނާ ދުރުކޮށް، ތުހުމަތުތަކުގެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް