Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯއާ ދެމެދު ރަސްމީ، ޑިޕްލޮމެޓިކް ގުޅުން މިއަދު ޤާއިމް ކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއި ކުރެއްވީ އެޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.

ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތަކެވެ.

Advertisement
Ooredoo — Truecaller (box)

ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެ ޤައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެ ޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެން ދާނެއެވެ.

އާބާދީގައި 2.12 މިލިއަން މީހުން ހިމެނޭ ލެސޯތޯއަކީ އެ ޤައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ލޭންޑް ލޮކްޑް ޤައުމެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް