Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވިއްސާރައާ ގުޅިގެން އައްޑޫއާއި ފުވައްމުލަކުގެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާލައްވައިފި

ވިއްސާރައާ ގުޅިގެން އައްޑޫއާއި ފުވައްމުލަކުގެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާލައްވައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީއަށާއި، ފުވައްމުލައް ސިޓީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެކަމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުން ދިޔުމާއި ގުޅިގެން، އެ ދެ ސިޓީގައި ދިރިއުޅެމުންދާ ރައްޔިތުންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ސޯދިޤާއި، ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފްގެ އިތުރުން އެ ދާއިރާތައް ތަމްސީލުކުރައްވާ ބައެއް މަޖްލިސް މެންބަރުންނާ ވެސް ވަކި ވަކިން މިރޭ ފޯނުން ގުޅުއްވައި، އެ ދެ ސިިޓީގެ އެންމެ ފަހުގެ ޙާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުން ފިލުއްވައި، ވިއްސާރައިގެ ސަބަބުން އެ ދެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގެއްލުންތައް ޙައްލު ކޮށްދިނުމަަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގެ މަގުތަކާއި ގިނަ އަދަދެއްގެ ގެތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި ވިއްސާރަވެ ވައިބާރުވުމުގެ ސަބަބުން ގަސްތައްވެއްޓުމާއި ފުރާޅު އެއްލާލުމުގެ ހާދިސާތަކެއް ވެސް ވަނީ ހިނގާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް