Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިނޮފާމު ވެކްސިނުގެ ދެވަނަ ޝިޕުމެންޓު ރާއްޖެއަށް މިރޭ ގެންނަނީ

ސިނޮފާމު ވެކްސިނުގެ ދެވަނަ ޝިޕުމެންޓު ރާއްޖެއަށް މިރޭ ގެންނަނީ

ޗައިނާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިނުގެ ދެވަނަ ޝިޕްމެންޓު ރާއްޖެއަށް މިރޭ ގެންނާނެ ކަމަށް ގައުމީ އެއަރލައިން ، މޯލްޑިވިއަނުން ބުނެފިއެވެ.

ރާއްޖެއަށް ޗައިނާއިން ވަނީ ސިނޯފާމުގެ ވެކްސިނުގެ 200،000 ޑޯޒް ހަދިޔާ ކޮށްފައެވެ. މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޯފާމުގެ ވެކްސިނެވެ. އެއް ލައްކަ ޑޯޒް ރާއްޖެ ގެނެސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.

ވެކްސިނުގެ ދެވަނަ ޝިޕްމެންޓު ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައި ވަނީ ޤައުމީ އެއާލައިންގެ މަތިންދާ ބޯޓެއްގައެވެ. ޗައިނާއިން ހަދިޔާކުރި ސިނޯފާމުގެ ވެކްސިނުގެ ފުރަތަމަ ޝިޕްމެންޓު ވެސް ރާއްޖެއަށް ގެނައީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައެވެ.

Advertisement
HDC — Sidebar (box)

ސިނޯފާމް ވެކްސިން ދިނުމަށް ރާއްޖެއިން ހުއްދަ ދިނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި ސިނޯފާމު ވެކްސިން ދޭން ފެށީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މި ވެކްސިން ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 233،875 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 129،720 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 104،155 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް