Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމަން: ހޯމް މިނިސްޓްރީ

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭގޮތުން އަދި ގޮތެއް ނުނިންމަން: ހޯމް މިނިސްޓްރީ

މަނީ ލޯންޑަރިންގެ ދައުވާއަކާ ގުޅިގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެއަށް ބަދަލު ކުރެއްވުމާ ގުޅޭގޮތުން އަދިވެސް ގޮތެއް ނުނިންމަވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް އެދި އެމަނިކުފާނުގެ އާއިލާއިން މީގެ 3 ހަފްތާ ކުރިން ވަނީ އެ މިނިސްޓްރީގައި އެދިލައްވައިފައެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އާއިލާއިން އެދިލައްވައިފައި ވަނީ އެ މަނިކުފާނުގެ ސިއްޙީ ހާލުކޮޅު ހުރި ގޮތުންނެވެ.

ނަމަވެސް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމާ ގުޅޭގޮތުން އެ މިނިސްޓްރީން އަދިވެސް ގޮތެއް ނުނިންމަވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މީގެ ކުރިން ވިދާޅުވީ، ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅު ހުންނެވި ގޮތުން އެމަނިކުފާނަށް ލުއިތަކެއް ދެއްވަން ސަރުކާރުން ހުށަހެޅުއްވި ކަމަށެވެ. އެއީ ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ބޭރުން ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި އޮތުމުން ކަމަށާއި އެ ލަފައާ އެއްގޮތަށް ޓެސްޓު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީން އެ ހުށަހެޅުން ޤަބޫލު ނުކުރެއްވި ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް