Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޔޫ ސްޓޯރު ފަޅާލި މައްސަލައިގައި އިއްވި ހުކުމް އިސްތިއުނާފު ކުރަނީ

އެމްޔޫ ސްޓޯރު ފަޅާލި މައްސަލައިގައި އިއްވި ހުކުމް އިސްތިއުނާފު ކުރަނީ

އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލައި، ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލުން ނިންމައިފިއެވެ.

2016 ވަނަ އަހަރުގެ އޭޕްރީލް މަހު، އެމްޔޫ ސްޓޯރާއި ގުޑް ސްޓާމް އޮފީހުގެ ތިން ތިޖޫރިއެއް ފަޅާލާ 2.5 މިލިއަން ރުފިޔާ އާއި 211،000 ޑޮލަރު ވަގަށް ނެގި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ.

އެ ފަސް މީހުންނަކީ މ. އޭޝިއާ، އަހުމަދު ފާރިޝާއި މއ. ކަޅުފެހިގޭ އަހުމަދު ޝިފާނާއި ހ. ބުރަކިގެއާގޭ، އިސްމާއިލް ސަޔާހާއި ހ. ރޯޝަންވިލާ ޔޫސުފް ޝާހީންގެ އިތުރުން ލ. ގަން ތުނޑީ އަވަށު، ހިމާޔަތް، މޫސާ ޔޫސުފެވެ.

Advertisement
HDC — Sidebar (box)

މި އެންމެންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ވައްކަމުގެ ދައުވާ އާއިި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް