ޚަބަރު ވިޔަފާރި

ފެހި ދިރިއުޅުން ޕްރޮގްރާމާއެކު ސްޓެލްކޯއަށް ދެން ސިންގަލް ޔޫސް ޕްލާސްޓިކެއް ނުވެއްދޭނެ!

އަލީ ޝިފާޒް ، ދެން އޮންލައިން

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާއި، ސްޓެލްކޯއިން ބޭނުން ކުރާ ކަރުދާސް މަދުކުރުން ނުވަތަ ޕޭޕާލެސް ޓްރާންސިޝަން މިއަދު އިފްތިތާހު ކޮށްފިއެވެ.

Ads by MWSC

އެ ދެ ކަންތައް ވެސް މިއަދު އިފްތިތާހު ކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމެވެ. މި އާއެކު ސްޓެލްކޯއިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނަށް ވެގެންދާނެއެވެ.

ސްޓެލްކޯއިން ބުނީ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒިފަކަށް ވެސް ވަނީ ރީ-ޔޫސަބަލް ފެންފުޅިއާއި، ފޮތި ދަބަސް ވެސް ހަވާލު ކޮށްފައި

ކަމަށެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއަޅާ މި ގާއިމް ކުރެވުނު ނިޒާމްގެ ތެރެއިން ވަނީ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯރތަކެއްގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދީފައިކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

އަދި އެ ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކުން ވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި އެތެރެއަށް ވަންނަވާއިރު ބަހައްޓަވާލެއްވޭނެ އިންތިޒާމް މިހާރު ގާއިމް ކޮށްފައި ވާނޭ ކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިއަދު މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމް ގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

"އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެކީ އެއްފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައިގަންނަ ފުރަތަމަ ކުންފުންޏަކަށް މިކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން" މުޣުނީ

މީގެ އިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓެހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރައްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެކިގެންދާނެ ކަމަށާއި، އަދި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރެއިން ކަމަށްވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ.

މުޣުނީ އިތުރަށް ވިދާޅުވީ، ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓް ކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން މިއަދު އިފްތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަ ވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިގާއިމް ކުރެވޭ ނިޒާމުގެ ސަބަބުން މަސައްކަތަށް އަވަސްކަން ލިބި ވަގުތު ސަލާމަތްވެ ފަސޭހަކަން ލިބުމާއި ހަރަދު ކުޑަވުން މިއީ ވެސް ތިމާވެށި ސަމާލަތް ކުރުމަށް އެ ކުންފުނިން ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ހާސިލް ކުރާނެ މުހިންމު ލަނޑުދަނޑި ތަކެއްކަމުގައި ސްޓެލްކޯގެ މެޖޭނިންގ ޑިރެކްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުން ކުރަމުންދާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި، ކުންފުނިތަކުން ވެސް ސްޓެލްކޯއިން މި ނަމޫނާއާ އެއްގޮތަށް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!