Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޖަރާސީމު ހުންނަ ޗީޒްއަކީ މިއީ، ސަމާލުވެލައްވާ!

ޖަރާސީމު ހުންނަ ޗީޒްއަކީ މިއީ، ސަމާލުވެލައްވާ!

ދިވެހިރާއްޖެއަށް އެތެރެ ކޮށްފައިވާ ޗީޒްގެ ބާވަތެއްގައި ޖަރާސީމު އެކުލެވޭ ކަމަށް ބެލެވޭތީ އެކަމަށް ސަމާލު ވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ ފަރަންސޭސި ވިލާތުގައި އުފައްދާފައިވާ ޗީޒްގެ ބާވަތެއްގައި 'ލިސްޓީރިއާ މޮނޯސައިޓޯޖީންސް' ޖަރާސީމް އެކުލެވުމުގެ ފުރުސަތު އެބައޮތް ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން ވަނީ އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށެވެ.

މި ޖަރާސީމް އެކުލެވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެނީ 'Nos Regions ont du Talent' ބްރޭންޑްގެ 220 ގްރާމް ޗީޒް ރާއްޖޭގެ ބާޒާރުގައި ވެސް ހުރިކަމަށް އެފްޑީއޭއިން މައުލޫމާތު ދެއެވެ.

Advertisement
Allied — Dhen Online (box)

އެ އޮތޯރިޓީން އިތުރަށް ބުނީ މި ޗީޒުގެ ރިސްކުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެ ބެޗުގެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އެފްޑީއޭއިން ވަނީ އަންގާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް