Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެެނެވުނު އިސްލާހާއެކު ލައިސެންސް ދޫކުރާނީ ޤަވާއިދަށް އުޅޭނެކަމުގެ އެއްބަސްވުމަކާއެކު

ގެެނެވުނު އިސްލާހާއެކު ލައިސެންސް ދޫކުރާނީ ޤަވާއިދަށް އުޅޭނެކަމުގެ އެއްބަސްވުމަކާއެކު

ލައިސެންސް ގަވައިދަށް ގެނެވުނު އިސްލާހާއެކު ލައިސެންސް އަނބުރާ ދޫކުރާނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތާނެކަމަށް އެއްބަސްވެ އެގްރީމެންޓެއް ހަދައި، ކޮމިއުނިޓީ ސަރވިސް ފުރިހަމަ ކުރާގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި ކަމާގުޅޭ ވުޒާރާއާއި މުއައްސަސާތައް ހާޒިރު ކޮށްގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމެއްގައި މިކަން ހާމަ ކުރައްވަމުން އެ މިނިސްޓްރީން ވިދާޅުވީ،  ލައިސެންސް އަނބުރާ ދޫކުރާނީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް އެއްބަސްވެ އެގްރީމެންޓެއް ހަދައި ކޮމިއުނިޓީ ސަރވިސް ފުރިހަމަ ކުރާގޮތަށް ކަމަށެވެ.

ކޮމިއުނިޓީ ސަރވިސް ފުރިހަމަ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވާހަކަ ދައްކަވަމުން ގެންދަވާކަން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަ ކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ވެމްކޯއާއި އެމްޕީއެލްއިން މިކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުގައި ވެސް މި ފުރުސަތު ލިބޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވަނީ 18 އަހަރުން ދަށުގެ ކުދިންގެ ޖޫރިމަނާގެ ކަންކަން ހައްލު ކުރުމަށް އެ ކުދިން މުޖުތަމައަށް ފައިދާހުރި ކަމެއް ކޮށްގެން ނުވަތަ ކޮމިއުނިޓީ ސަރވިސްގެ ގަޑިއިރު ފުރިހަމަ ކޮށްގެން ޖޫރިމަނާއިން ކެނޑޭގޮތަށް ގަވައިދަށް އިސްލާހު ގެނެސް އަންނަ ހަފުތާގައި އެޓާރނީ ޖެނެރަލްއަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި އިސްލާހަށް އަމަލީ ސިފަ ގެނެސް އަންނަ މަސް ފެށެން ވާއިރަށް ގެޒެޓް  ކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް