Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަޝްފާގުގެ ތާޢީދު މުޢިއްޒުއަށް

އަޝްފާގުގެ ތާޢީދު މުޢިއްޒުއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ މޭޔަރު ކަމަށް  އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ޤައުމީ ޓީމުގެ ފޯވަޑް ޢަލީ އަޝްފާޤް (ދަގަނޑޭ) ތާޢީދު ކޮށްފިއެވެ.

މިރޭ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަޝްފާޤްގެ ތާޢީދު އެ މަނިކުފާނަށް ލިބިވަޑައިގެންފި ކަމަށާއި އެ ކަމަަށްޓަކައި ޝުކުރު އަދާ ކުރައްވަވާ ކަމަށެވެ.

"މާލޭގެ މޭޔަރު ކަމަށް އަޅުގަނޑަށް ތާއީދު ކުރައްވައި ކަމަށް ޓަކައި، ޤައުމު އެ ބޭފުޅަކަށް ޓަކައި ފަޚްރުވެރިވާ، ދެވަނައެއް ނުވާ، ޢަލީ އަޝްފާގަށް ނުހަނު އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކުރަން" އަޝްފާގު ޓެގް ކުރައްވައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/MMuizzu/status/1378033989869428738?s=20

ޑރ. މުޢިއްޒު ވަނީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ.

އެމަނިކުފާނަށް ތާޢީދު ކުރައްވާކަން ގިނަ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރުއާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަބްދުލް ކަރީމް (ރުކްމާ އަލީ) އާއި  ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާއި މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝަމާޢިލް އާއި އެމްޑީޕީ އުފައްދަން މަސައްކަތް ކުރެއްވި ޝުޢައިބު އަލީ (ފުރަހަނި ޝުޢައިބު)ގެ އިތުރުން އެމްޑީޕީގެ މެންބަރު އަދި ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމް ހިމެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް