ރަހުމަތްތެރިޔާގެ ގާތުގައި ފިރިމީހާ ދޫކޮށް ދިއުމަށް ބުނުމުން ބޮޑު ޖޫރިމަނާއެއް!

ސައުދީ އަރަބިއްޔާގެ ޖިއްދާގެ އަންހެނަކު އޭނާގެ ރަހުމަތްތެރިއެއްގެ ގާތުގައި ފިރިމީހާ ދޫކޮށް ދިއުމަށް ނަސޭހަތްތެރިވުމުން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
ޖިއްދާގެ ކްރިމިނަލް ކޯޓުން މި އަންހެން މީހާ ޖޫރިމަނާ ކޮށްފައި ވަނީ 50،000 ސައުދީ ރިޔާލުންނެވެ.
ކޯޓުގައި އޮތް އަޑުއެހުމުގައި މި އަންހެން މީހާގެ ވަކީލު ވިދާޅުވީ އޭނާ އެދުނީ އޭނާގެ އެކުވެރިޔާއަށް އެންމެ ރަނގަޅު ގޮތް ވުމަށް ކަމަށެވެ. އަދި މި މައްސަލަ އަކީ ވަރަށް ތަފާތު ގޮތަކަށް ކުރިއަށް ދިޔަ އަޑުއެހުމެއް ކަމަށް އެ ގައުމުގެ ވަކީލުން ވަނީ ސިފަ ކުރައްވާފައެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ މި އަންހެންމީހާ ނަސޭހަތްދިން ރަހުމަތްތެރިޔާގެ ފިރިމީހާއެވެ. އަދި އެ 50،000 ރިޔާލް ވެސް ލިބުނީ އޭނާއަށެވެ. އަދި އޭނާ ވަނީ އޭނާގެ ކައިވެނި ރޫޅާލުމުގެ ދައުވާ މި އަންހެން މީހާގެ މައްޗަށް އުފަލައިފައެވެ.
ކޯޓުގައި ވާހަކަ ދައްކަމުން ދައުވާ ހުށަހެޅި ފަރާތުން ބުނީ އެ އަންހެންމީހާ އޭނާގެ އަނބިމީހާ ގާތުގައި އަބަދުވެސް އޭނާއަށް ވުރެ ރަނގަޅު މީހެއް ހޯދަން ޖެހޭ ކަމަށް ބުނާ ކަމަށެވެ. އަދި "ބޮސް" އަކީ ކާކުކަން އަންގާލަން އޭނާ އަބަދުވެސް ނަސޭހަތް ދޭ ކަމަށް ވެސް ކޯޓުގައި އޭނާ ބުންޏެވެ.
މި އަޑުއެހުން ނިންމާލެއްވުމަށްފަހު މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ އެކުވެރިއަކަށް ނަސޭހަތެއް ދިން ކަމުގައި ވިޔަސް ދޭން ޖެހޭނީ ރަނގަޅު ނަސޭހަތެއް ކަމަށެވެ.
ސައޫދީ ޢަރަބިއްޔާއަކު ޖެއްޑާ ކިޔާ ރަށެއް ނޯންނާނެ. އޮންނާނީ ޖިއްދާ. މާ ފޮނިވެގެން މާ އިނގިރޭސި ވެގެން އުޅޭނެ ކަމެއްނެތް.