ދީން

ކިތަންމެ ކުޑަ ޖާގައަކުން ވެސް ރިޒްޤު ދެއްވައިފާނެކަން މި ފޮޓޯއިން ވެސް ދޭހަވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކުޑަ ޖާގައެއްގައި، ވިލިމާލޭގައި ހެދިފައިވާ ޖޭމުގަސް/ ފޮޓޯ: އައިޝަތު ވަޙީދާ

ރިޒްޤު ދެއްވަނީ ކޮން ފަރާތަކުން ހެއްޔެވެ؟ ޖަވާބަކަށް ވާނީ އަހަރެމެން ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާނގެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

Ads by Sosun Fihaara

އެކަލާނގެއީ ހުރިހާ ކަމަކަށްމެ އެންމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށްވުރެ ބޮޑަށް އަހަރެމެންދެކެ ލޯބިވެ ވޮޑިގެންވާ އެހެން ފަރާތެއް ނުވެއެވެ.

އަހުރެން މި ކިޔާ އެއްޗެއްގެ ކުޑަކުޑަ މިސާލެއްގެ ގޮތުގައި މި ފޮޓޯ ވެސް ފުދެއެވެ. މި ފޮޓޯއަށް ބަލައިލައިގެން މި ބުނާ އެއްޗެއް މާ ބޮޑަށް ދޭހަ ނުވެދާނެތީ، އިތުރަށް ތަފްސީލު ކޮށްދެމެވެ.

މިއީ ވިލިމާލޭގައި ދިރިއުޅޭ އަންހެނަކު ނަގައި އޭނާގެ ފޭސްބުކް އެކައުންޓުގައި ހިއްސާކުރި ފޮޓޯއެކެވެ. މި ފޮޓޯ އޭނާ ނެގީ، އަދި ހިއްސާ ކުރީ ޚުދު އޭނާ ވެސް މި ކަމާމެދު އަޖައިބު ވެގެންނެވެ.

އޭނާއަށް ފެނުނީ މަގުމަތީގައި އަޅައިފައިހުރި ޕޭވްމަންޓުގައި ޖަހައިފައި ހުރި ދެ ގައު ދޭތެރޭގައި ފަޅައިފައި މިވާ ކުޑަ ޖޭމު ގަހެކެވެ.

އެތަނުގެ ކައިރީގައި ބޮޑު ޖޭމު ގަހެއް ވެސް ހުއްޓެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ގަސް ފަޅާފައި މިވަނީ އެ ގަހުން ވެއްޓުނު ޖޭމެއްގެ އޮށަކުންނެވެ.

ފޮޓޯއިން ވެސް ހާމަވާ ގޮތުގައި، އެއީ ދެ ގައު ދޭތެރެ ކަމަށްވާތީ ގަސް އުފެދެން މާ ބޮޑު ޖާގައެއް ވެސް ނެތެވެ.

އެހެން ނަމަވެސް މާތް ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ކުޑަ ޖާގައެއްގެ ތެރޭގައި ގަހެއް އުފެދި، ބައި ފޫޓަށް ވެސް ނާރާ އެ ގަހުގައި މިހާރު އެ ވަނީ ޖޭމެއް ވެސް އަޅައިފައެވެ.

މިކަމުން ހާ މަވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި އޯގާވަންތަކަމާއެކު ކިތަންމެ ކުޑަ ޖާގައަކުން ވެސް ރިޒްޤު ދެއްވަވައިފާނެ ކަމެވެ.

اللّٰهُ أَكْبَر

Ads by Allied Insurance
  1. ކަމަނަ

    ރިޒުޤު ދެއްވަނީ މާތްﷲ… އެކަމާ ކުޑަވެސް ޝައްކެއްނެތް.. އެކަމު ތި ފޮޓޯ ޒޫމް ކޮށްލައިގެން ބަލާލީމަ އެބަ އެނގޭ ތީ އެ ގަހުގަ އަޅާފައިން ޖޭމެއް ނޫންކަން… ބޮޑަށް ހީވަނީ މައި ގަހުން ތިގަސް ކައިރިޔަށް ވެއްޓިފަ އޮތް އެއްޗަކާ… ޚަބަރެއް ލިޔާ އިރު ކަންކަން ރަނގަޅަށް ސާފުކޮށްފަ ލުޔުއްވާ.