ބޮލީވުޑް

ކަސްރަތުކުރަން ހިނގަން ނުކުމެ އުޅެނިކޮށް ފޮޓޯ ނަގާތީ ކަރީނާ ރުޅިއައިސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންނަކީ އެ މީހުން ކޮންމެ ތަނަކަށް ދިޔަސް ފަހަތުން ޕަޕަރާޒީން ކެމެރާތައް ހިފައިގެން ދުވާ ބައެކެވެ. ޚާއްސަކޮށް މަޝްހޫރު ތަރިންނަށް މިއީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

Ads by MWSC

ޕަޕަރާޒީންގެ މިފަދަ ފާރަލުމުގެ ކަންތަކާ  ހެދި މަޝްހޫރު މީހުންނަށް އާންމު ދިރިއުޅުމުގައި އެ މީހުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް ވެސް ދަތިތަކަކާ ކުރިމަތިވެއެވެ.

އެފަދަ ކަމެއް ދާދި ފަހުން މި ވަނީ ކަރީނާ ކަޕޫރް ޚާނަށް ވެސް ކުރިމަތިވެފައެވެ. ދެވަނަ ދަރިއަކު ލިބުނު ފަހުން އަނެއްކާ ވެސް ބަރުދަން ލުއިކުރަން ކަރީނާ ކުރަމުންދާ މަސައްކަތަށް ޕަޕަރާޒީންގެ ނަޒަރު ވެސް ވަނީ ހުއްޓިފައެވެ.

މާރޗް 31 ވަނަ ދުވަހު އާންމުވި ވީޑިއޯއަކުން ފެންނަނީ ކަސްރަތުކުރާ ބޫޓަކަށް އަރައިގެން، އަމްރިތާ އަރޯރާގެ ގޭ ކައިރިން ހިނގައިފައި ދަނިކޮށެވެ. ޕަޕަރާޒީން ފޮޓޯނަގާކަން ކަރީނާއަށް އެނގުމުން، އެކަން ހުއްޓާލުމަށް އޭނާ އަތުން އިޝާރާތް ކުރެއެވެ. އަދި އޭނާއާއެކު ދިޔަ މީހުން ކައިރީގައި ވެސް އެ ވާހަކަ ބުނާ މަންޒަރު ފެނެއެވެ.

ޕަޕަރާޒީންގެ އެ އަމަލުން ކަރީނާ ހިތްހަމަނުޖެހުނުކަން ވެސް އޭނަގެ މޫނުމަތިން ފާޅުވާން ހުރެއެވެ.

ކަރީނާއާއި ސައިފްއަށް ދެވަނަ ދަރިއަކު ލިބިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. ދެވަނަ ދަރި ލިބުމަށް ފަހު ކަރީނާ މިހާރު ވަނީ ފިލްމުތަކުގެ ޝޫޓިންގެ މަސައްކަތް ފަށައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!