Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: ރާއްޖެއިން މިހާތަނަށް 1،721 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ކޮވިޑް ދިފާޢު: ރާއްޖެއިން މިހާތަނަށް 1،721 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު މާލެ ސަރަޙައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 409 މީހުންނެވެ. އަދި އަތޮޅުތެރެއިން ފުރަތަމަ ޑޯޒް ޖަހައިފައިވަނީ 2،213 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު މިއަދު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވަނީ ޖުމްލަ 2،622 މީހުންނެވެ. އަދި މިއަދު ދެވަނަ ޑޯޒް ޖަހައިފައިވަނީ ޖުމްލަ 1،149 މީހުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ދީފައިވަނީ މާލެ ސަރަޙައްދަށް އެކަންޏެވެ.

Advertisement
Allied — Dhen Online (box)

އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 58 މީހުންނާއި، އަތޮޅުތަކުން 24 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 21 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 24،651 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 21،512 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 94 މީހުންނެވެ.

ނިމިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރަން ނަގައިފައިވަނީ 3،570 ސާމްޕަލެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް