Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން އެލެކްސްގެ ދެ ފައި މުޅި އޮޑީގައި: މަލީޙް

މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން އެލެކްސްގެ ދެ ފައި މުޅި އޮޑީގައި: މަލީޙް

ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްގެ ބަހުގެ ހަމަލާތަކެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަނެއްކާވެސް އަމާޒު ކުރައްވައިފިއެވެ.

މަލީޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން "އެލެކްސް" ގެ ދެ ފައި "މުޅި އޮޑީގައި" އޮތް ކަމަށެވެ. "އެލެކްސް" އަކީ ރައީސް ނަޝީދު ނުރަސްމީ ޓްވީޓުތައް ކުރެއްވުމަށް ބޭނުން ކުރައްވާ ނަމެއް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކުރިއަށް އޮތް ކައުންސިލު އިންތިހާބާއި މި އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސްވަރާ ގުޅިގެން މި މަހުގެ 11 އާއި 12 ވަނަ ދުވަސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ކަނޑައަޅުއްވައިފައެވެ.

Advertisement
Ooredoo — Square (box)

އެ ޚަބަރު ހިއްސާ ކުރައްވަމުން މަލީޙް ވިދާޅުވީ ސަރުކާރު ހުޅުވާފައި ހުރުމެކޭ ލައްޕާާފައި ހުރުމެކޭ ތަފާތެއް ނެތް ކަމަށެވެ.

"ރައްޔިތުންނަށް ހަމަ އެއްތާކު. ރައީސް ފިއްލަވައިގެން. ނައިބު ރައީސް ނުފެނޭ. ސަރުކާރު ހުއްޓިފައި. މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން އެލެކްސްގެ ދެފައި މުޅި އޮޑީގައި." މަލީޙް ވިދާޅުވިއެވެ.

https://twitter.com/maleehjamal/status/1378688105415237638?s=20

މީގެއިތުރުން މަލީޙް ވިދާޅުވީ އެމްޑީޕީ އާންމު މެމްބަރުން ރުޅިއައިސްފައިވާ ކަމަށާއި ފެއިލް ވެފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް