Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކެނޑިޑޭޓުންނަށް ހިތްވަރު ދެއްވައި، ތާއީދު ހޯދައިދެއްވުމަށް އިދިކޮޅުގެ އިސްވެރިން ދޮރުންދޮރަށް

ކެނޑިޑޭޓުންނަށް ހިތްވަރު ދެއްވައި، ތާއީދު ހޯދައިދެއްވުމަށް އިދިކޮޅުގެ އިސްވެރިން ދޮރުންދޮރަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ހިތްވަރުދެއްވާ ތާއީދު ހޯދައިދެއްވުމަށް ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ އިސް ވެރިން ދޮރުން ދޮރަށް ހިނގުމުގެ ހާއްސަ ހަރަކާތެެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ވާދަކުރަން އިދިކޮޅުގެ ފަރާތުން ކެންޑިޑޭޓުން ނެރެފައި ވަނީ ޕީޕީއެމްގެ ޓިކެޓްގައެވެ.

އިންތިހާބުގައި މާލޭގައި ގިނަ ދާއިރާތަކަކަށް ޕީޕީއެމްގެ ކެންޑިޑޭޓުން ނެރެފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

މިއަދު ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި ޕީއެންސީގެ ދެ އެޑްވައިޒުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ދެ ޕާޓީގެ މަޖިލީސް މެންބަރުންނާއި ކައުންސިލް މެންބަރުން އަދި މާލެސިޓީގެ އެކި ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ބައިވެރިވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް