Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިދިކޮޅުގެ "އެންމެން އެއް އަޑަކުން" މުޒާހަރާ

އިދިކޮޅުގެ "އެންމެން އެއް އަޑަކުން" މުޒާހަރާ

"އެންމެން އެއް އަޑަކުން" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމު ކޮށްގެން މާލޭގައި މުޒާހަރާ ކުރިއެވެ.

ގާތްގަނޑަކަށް 50 ވަރަކަށް މީހުންނާއެކު ޗާންދަނީ މަގު ޖަންކްޝަންގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އިދިކޮޅު ލީޑަޝިޕުންވެސް އަންނަނީ ބައިވެރިވަމުންނެވެ.

އެނގިފައިވާ ގޮތުގައި އެމީހުން އެތަނުން ދުރަށް ޖެއްސުމުގައި ފުލުހުން އެސަރަޙައްދުގައި ހަރަކާތްތެރިވިއެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް ފުލުހުންގެ ސަފު ފޫއަޅުވާލުމަށް ފަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުން ކުރިއަށް ހިނގައިގެންފައެވެ. އެހެންކަމުން މުޒާހަރާގެ ތެރެއިން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

އިދިކޮޅުން ހިންގި މިމުޒާހަރާގައި ގޮވާލަމުންދަނީ ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބޭލުމަށާއި، ސަރުކާރުން ވައުދުވި މިނިމަމް ވޭޖު ދިނުމަށެވެ.

މީގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން އިމާރާތްކުރި 7000 ފްލެޓު ދިނުން ލަސް ނުކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައިވެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ ސަރުކާރު ފެއިލް ވެއްޖެ ކަމަށާއި އިސްތިއުފާ ދެއްވުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް