Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިނަމާލެ ބްރިޖަކީ ރައްޔިތުންނަށް ފައިދާވާ މަޝްރޫއެއް ނޫން: އަނދުން ހުސެއިން

ސިނަމާލެ ބްރިޖަކީ ރައްޔިތުންނަށް ފައިދާވާ މަޝްރޫއެއް ނޫން: އަނދުން ހުސެއިން

މާލެއާއި ހުޅުލެ ގުޅުވައިދޭ ސިނަމާލޭ ބްރިޖަކީ ރައްޔިތުން އެދިގެން އެޅި ތަނެއް ނޫން ކަަމަށާއި އެ މަޝްރޫއުން ވާ ފައިދާއެއް ނެތް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަމީމް (އަދުން ޙުސައިން) ވިދާލުވެއްޖެއެވެ.

ހުސެއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވ.އަތޮޅު ތަޢުލީމީ މަރުކަޒާއި ވ.އަތޮޅު މަދަރުސާގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށައެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

"އަޅުގަނޑުމެން ބުނެގެނެއް ނޫން އައިސް މިތާ ބޮޑު ބްރިޖެއް އެޅީއެއް؟ އޭގައި ވެސް 4 ލޭނު އޮންނަން ޖެހޭ ތަނަކަށް 2 ލޭނު އަޅާފަ އެހާ ބޮޑު ހައިވޭއެއް އަޅާފަ، ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ދިނުމަށްވުރެ މުހިންމުތޯ؟ ރާއްޖޭގެ ރައްޔިތުންނަށް ފާޚާނާ ނިޒާމް ދިނުމަށްވުރެ މުހިންމުތޯ؟ ރާއްޖޭގައި ނުކިޔަވާ ތިބި ކުދިންނަށް ކިޔަވައިދިނުމަށް ވުރެ މުހިންމުތޯ؟" ބްރިޖު މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހުސެއިން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އޭނާ އިތުރަށް ވިދާޅުވީ ވަކި މީހެއްގެ ޝާނާ ޝައުކަތު ދެއްކުމަށް އަޅާ ބިނާއަކީ ތަރައްްޤީއެއް ނޫން ކަމަށާއި ބްރިޖުގެ ބަދަލުގައި އެހެން މަޝްރޫޢުތައް ހިންގެން ޖެހޭ ކަމަށެވެ.

ސިނަމާލެ ބްރިޖަށް އަނދުން ހުސެއިން ފާޑު ވިދާޅުވީ ނަމަވެސް މި ސަރުކާރުން ވެސް އަންނަނީ މާލެއާއި ގުޅިފަޅު ގުޅުވާލުމަށް ބްރިޖު އެޅުމަށް މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް