Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޞާލިޙް ވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ރައީސް ޞާލިޙް ވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ކޮވިޑް-19އިން ދިފާޢުވުމަށް ރައީސް ޞާލިޙް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ ފެބްރުއަރީ މަހުގެ 1ވަަނަ ދުވަހުގައެވެ.

ވެކްސިން ޖެއްސެވުމަށް ފަހު އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8 ހަފްތާ ވެފައިވާ ނަމަ ލަސްނުކޮށް ދެވަނަ ޑޯޒް ޖަހަން އަވަސްވެ ގަތުމަށެވެ.

Advertisement
Allied Insurance — Square (box)

އަދި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފައި ނުވާ ފަރާތްތަކުން ވެސް އަވަހަށް ވެކްސިން ޖަހަން ދިޔުމަށް ރައީސް ޞާލިޙް އެދިވަޑައިގެންފައިވެއެވެ.

https://twitter.com/ibusolih/status/1379077281105108997?s=20

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 246،896 މީހުން ވެކްސިން ޖަހައިފައި ވެއެވެ. އޭގެ ތެރެއިން 3،737 މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް