Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދިވެހި ދެ އަންހެނަކު މިފަހަރު ވަގަށް ނެގީ ބުޅަލެެއް!

ދިވެހި ދެ އަންހެނަކު މިފަހަރު ވަގަށް ނެގީ ބުޅަލެެއް!

ދިވެހި ދެ އަންހެނަކު ބުޅަލެއް ވަގަށް ނަގައިގެން ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

"ލޫކަސް" ގެ ނަމުން ނަން ދީފައިވާ އެބުޅާ ވަގަށް ނަގާފައިވަނީ އައްޑޫގެ ގެއަކުންނެވެ.

ބުޅާ އޭގެ ވެރިފަރާތަށް މިހާރު ރައްދު ކޮށްފައިވީ ނަމަވެސް، އެބުޅަލަކީ އޭގެން އެކަކުގެ އަމިއްލަ އެއްޗެއް ކަމަށް ބުނެ އޭނާ ވަނީ ފޭސްބުކް ގައި ޕޯސްޓުވެސް ކޮށްފައެވެ. އެބުޅަލަށް ކިޔަނީ ލޫކަސް ނޫން ކަމަށާއި "ރޫބީ" ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މީގެއިތުރުން އޭނާ ބުނީ "ރޫބީ" އަކީ އޭނަގެ ދޮންބައްޕަ އޭނައަށް ހަދިޔާކުރި ބުޅަލެއް ކަމަށާއި ބުޅާ ގެންގުޅުނީ ވަރަށް ލޯބިން ކަމަށެވެ.

މިއީ އެމީހުން ބުޅާ ގެންދާ ދެވަނަ ފަހަރު ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ އޭނަގެ ބުޅަލެއް ކަމަށާއި ހަގީގަތުގައި ބުޅާ ވަގަށް ނަގައިގެން އުޅެނީ އޭގެ ވެރި ފަރާތްކަމަށް ބުނާ މީހުން ކަމަށް ވެސް ބުންޏެވެ.

އެދެ އަންހެނުން ސައިކަލެއްގައި ބުޅާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބުޅަލުގެ ވެރިފަރާތުން ވަނީ އާއްމުކޮށްފައެވެ. އަދި އެދެ އަންހެނުންނަކީ ކުރިން ޓީޝާޓު ތަކެއް ވެސް ވަގަށް ނެގި ބައެއް ކަމަށާއި ވައްކަން ކުރަމުންދާ ބައެއްކަން ވެސް އެފަރާތުން ހާމަ ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް