Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: ރާއްޖެއިން މިހާތަނަށް 251،139 މީހުން ވެކްސިން ޖަހައިފި

ކޮވިޑް ދިފާޢު: ރާއްޖެއިން މިހާތަނަށް 251،139 މީހުން ވެކްސިން ޖަހައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު މާލެ ސަރަޙައްދުން  383މީހުން އަދި އަތޮޅުތެރެއިން 3,860 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު މިއަދު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ ޖުމްލަ 2،643 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހައިފައި ވަނީ ޖުމްލަ 2،016 މީހުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަޙައްދުން ޖަހައިފައި ވަނީ ޖުމްލަ 1،903 މީހުންނެވެ. އަދި އަތޮޅުތެރެއިން 113 މީހަކު ދެވަނަ ޑޯޒް ޖަހައިފައިވެއެވެ.

Advertisement
HDC — Sidebar (box)

އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 64 މީހުންނާއި، އަތޮޅުތަކުން 46 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހެކާއި އިންޑަސްޓްރިއަލް އައިލެންޑުން އެކަކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 24،908 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 21،773 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް