Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މުޒާހަރާ ކުރިއަށް ދާނެ، ނަތީޖާ ފޮނިވެސް ވާނެ: ޑރ. ޖަމީލު

މުޒާހަރާ ކުރިއަށް ދާނެ، ނަތީޖާ ފޮނިވެސް ވާނެ: ޑރ. ޖަމީލު

އިދިކޮޅުން އިންތިޒާމްކުރާ މުޒަހަރާތައް ކުރިއަށްދާނެ ކަމަށާއި އެމުޒާހަރާތަކުގެ ނަތީޖާ ވެސް ވަަރަށް ފޮނިވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި އިދިކޮޅު ކޯލިޝަނުން ސަރުކާރާއި ދެކޮޅަށް މުޒާހަރާއެއް ބާއްވާފައިވާއިރު، ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށެވެ.

"މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން. މުޒާހަރާ ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެ. ހިލާ ޤައުމް ވިއްކައެއް ނުލެވޭނެ. ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް" ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.

Advertisement
Allied — Dhen Online (box)

ރޭގެ މުޒާހަރާގައި އިދިކޮޅުން ގޮވާލާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބޭލުމުގެ އިތުރުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށެވެ.

މި މުޒާހަރާގައި އިދިކޮޅު ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް