Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮމިއުނިކޭޝަން މިނިސްޓްރީ އުވާނުލަން ސަރުކާރުން ނިންމައިފި

ކޮމިއުނިކޭޝަން މިނިސްޓްރީ އުވާނުލަން ސަރުކާރުން ނިންމައިފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެެންޑް ޓެކްނޮލޮޖީ އުވާނުލަން ސަރުކާރުން ނިންމައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު މަލީޙް ޖަމާލު، އެ މަގާމުން ވަކި ކުރުމާ ގުޅިގެން، އެ މިނިސްޓްރީ އުވާލައި އެހެން މިނިސްޓްރީއެއްގެ ދަށަށް، ކޮމިއުނިކޭޝަން މިނިސްޓްރީގެ މަސައްކަތްތައް ގެންދަން ސަރުކާރުން ނިންމައިފައިވާ ކަމަށް ވަނީ އަޑުތަކެއް ފެތުރިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮމިއުނިކޭޝަން މިނިސްޓްރީ އުވާނުލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންގެ މަގާމުން މަލީހް ވަކިކުރީ މިދިޔަ މާރިޗް މަހުގެ 1 ވަނަ ދުވަހުގައެވެ. އޭނާ ވަކި ކުރީ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މެޖޯރިޓީ ވޯޓާއެކުގައެވެ.

މަލީޙް ވަކި ކުރެއްވުމަށް ފަހު، އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް