Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: އައްޑޫސިޓީ ހިތަދޫން މީހަކު ފައްސިވެއްޖެ

ކޮވިޑް-19: އައްޑޫސިޓީ ހިތަދޫން މީހަކު ފައްސިވެއްޖެ

އައްޑޫސިޓީ ހިތަދޫން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ހިތަދޫން ފައްސިވެފައި ވަނީ ގޭގައި ކަރަންޓީންގައި ހުރި މީހެކެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ، ފައްސިވީ މީހާ ކަރަންޓީނު އުސޫލާ ވެސް ޚިލާފުވި ކަމަށާއި އެކަމާ ގުޅިގެން ނަސޭހަތް ދީފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ މީހާ ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ ހޯމް ކަރަންޓީނުގެ މުއްދަތު ނިމުމުން ނެގި ރިލީސް ސާމްޕަލުންނެވެ. ނަމަވެސް އެ މީހާއާއެކު ދެންހުރި މީހާގެ ނަތީޖާ ނައްސި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފައްސިވީ މީހާއާ އިތުރު މީހަކު ބައްދަލުވެފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބިފައިވާތީ، އެ މީހާއާ ޑައިރެކްޓް ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ސާވަލެންސް ޑޭޓާއަށް ބަލާއިރު މިހާރު ރާއްޖެއިން 24،908 މީހުން ކޮވިޑަށް ފައްސި ވެފައިވެއެވެ. އަދި 21،773 މީހުން ބަލިން ރަނގަޅުވެ، 67 މީހަކު މި ބަލީގައި ވަނީ ރާއްޖެއިން ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް