Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ވަހީދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ރައީސް ވަހީދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ރައީސް ވަހީދު ދެވަނަ ޑޯޒް މިއަދު ޖެއްސެވިކަން ހާމަ ކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. އެ މަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.

https://twitter.com/drwaheedh/status/1379687669152718850?s=21

Advertisement
Allied Insurance — Square (box)

ވެކްސިން ޖެއްސެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވަނީ ވެކްސިން ޖެއްސެވި އެމްއެންޑީއެފް އޮފިޝަލުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ވަހީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައެވެ.

އެ ގޮތުން އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު އިއްޔެ  4،742 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލޭ ސަރަހައްދުން ވެކްސިން ޖެހި 376 މީހަކާއި، އަތޮޅުތަކުން ވެކްސިން ޖެހި 4،366 މީހެކެވެ.

އޭގެ އިތުރުން ރާއްޖެއިން އިއްޔެ 2،198 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. އެއީ މާލޭ ސަރަހައްދުން 2،116 މީހަކާއި، އަތޮޅުތަކުން 82 މީހެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް