Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މި މަހުގެ 10ވަނަ ދުވަހާ 13ވަނަ ދުވަހު ވެކްސިން ދޭ ސެންޓަރުތައް ބަންދު!

މި މަހުގެ 10ވަނަ ދުވަހާ 13ވަނަ ދުވަހު ވެކްސިން ދޭ ސެންޓަރުތައް ބަންދު!

މި ހިނގާ އޭޕްރިލް މަހުގެ 10ވަނަ ދުވަހާއި 13ވަނަ ދުވަހު، ވެކްސިން ދޭ ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި މަހުގެ 10އާއި 13ގައި ވެކްސިނޭޝަން ސެންޓަރުތައް ބަންދުވާނެތީ ވެކްސިން ޖަހަން ޝަރުތު ހަމަވާ މީހުން އެ ދުވަސްތަކުގެ ކުރިން ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މި މަހުގެ 10ވަނަ ދުވަހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެވެ.

Advertisement
Allied — Dhen Online (box)

އަދި މި މަހުގެ 13ވަނަ ދުވަހަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަލަންޑަރުން ދައްކާ ދުވަހެވެ.

މާލެ ސަރަޙައްދުގައި މިހާރު ވެކްސިން ދެމުން ގެންދަނީ ސޯޝަލް ސެންޓަރ، ނޭޝަނަލް އާޓް ގެލެރީ، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ (ކުރީގެ ފްލޫ ކްލިނިކް) އަދި ސެނަހިޔާ ގައެވެ.

ރާއްޖޭގައި މިހާތަނަށް 255،881 މީހުން ވެކްސިން ޖަހައިފިއެވެ. އަދި 7،951 މީހުން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް