ޚަބަރު

މާދަމާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ފެބްރުއަރީ 11ގެ ކުރިން ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އިން ދިފާޢުވުމަށް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭނީ ފެބްރުއަރީ މަހުގެ 11ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެގޮތުން އެޗްޕީއޭއިން މިރޭ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މާދަމާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފެބްރުއަރީ މަހުގެ 11-1 އަށް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނާއި ފުރަތަމަ ޑޯޒް ޖެހުމަށްފަހު 8 ހަފްތާ ފުރިފައިވާ މީހުންގެ އިތުރުން ފުރަތަމަ ޑޯޒް ޖެހުމަށްފަހު 4 ހަފްތާ ފުރިފައިވާ ރާއްޖެއިން ބޭރަށް ދަތުރެއް ކުރަން ޖެހިފައިވާ މީހުންނަށް ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާދާމާ، ފެބްރުއަރީ 11ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ޖަހަން ނިންމާފައިވާއިރު، މި މަހުގެ 10 އާއި 13 ގައި ވެކްސިނޭޝަން ސެންްތަރުތައް ބަންދު ވާނެ ކަމަށް ވެސް އެޗްޕީއޭއިން ނިންމަވައިފައިވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މި މަހުގެ 10އާއި 13ގައި ވެކްސިނޭޝަން ސެންޓަރުތައް ބަންދުވާނެތީ ވެކްސިން ޖަހަން ޝަރުތު ހަމަވާ މީހުން އެ ދުވަސްތަކުގެ ކުރިން ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މި މަހުގެ 10ވަނަ ދުވަހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހެވެ.

އަދި މި މަހުގެ 13ވަނަ ދުވަހަކީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަލަންޑަރުން ދައްކާ ދުވަހެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!