Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިޔާޒް، ހެޓްރިކާ ދިމާލަށް: ޚިދުމަތް ކުރުމުގައި ކުލައެއްގެ ތަފާތެއް ނުގެންގުޅޭނެ 

ރިޔާޒް، ހެޓްރިކާ ދިމާލަށް: ޚިދުމަތް ކުރުމުގައި ކުލައެއްގެ ތަފާތެއް ނުގެންގުޅޭނެ 
މަދަރުސީ ޙަޔާތުގައި އެއީ ކްލާހުގެ މޮނީޓަރެވެ. ޕްރިފެކްޓެކެވެ. ސުކޫލު ކެޕްޓަނެވެ. އޭރުގެ ގޮތުން ނަމަ ރައީސެވެ. ސުކޫލުގެ ގޭޓުން ނިކުތްގޮތަށް ދެން ފެނިގެން ދިޔައީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި މަގާމުތަކުންނެވެ. ލ.ފޮނަދޫ ބީޗްހެވަން އަޙްމަދު ރިޔާޒަކީ މަދަރުސީ ދައުރުން ފެށިގެން ވެސް އާންމުންނާ ގާތް ދެކެފަރިތަ މޫނެކެވެ. އިޖުތިމާޢީ ޚިދުމަތުގެ ސަފުން ތާއަބަދު ފެންނަ މޫނެކެވެ. ދިވެހީން ދުށް އެންމެ ހިތްދަތި ހާދިސާކަމުގައިވާ ސްނާމީ ކާރިސާގެ ހިތްދަތި ދުވަސްވަރުގައި ވެސް އޭނާ ވެގެންދިޔައީ ރައްޔިތުންގެ މަދަދުގާރަކަށެވެ. ހެޔޮ އެދޭ މިތުރަކަށެވެ. ލ.ފޮނަދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމު އަދާ ކުރަމުންދާ ރިޔާޒު، މިއަދު ވެސް ނިކުމެހުރީ އެ ރޭހުގައެވެ. ރަށްވެހި ޚިދުމަތުގައި އޭނާ ހޯދައިފައިވާ ތާރީޚީ ކާމިޔާބުތަކާއެކު، މަގަތު ސަފުގައި ޚިދުމަތްކޮށް ލ.ފޮނަދުއަށް އިތުރު ކުރިއެރުން ހޯދައިދިނުމަށެވެ.

ރިޔާޒް ހޮވަންވީ ކީއްވެ؟

ރިޔާޒަކީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ މެމްބަރެކެވެ. ކައުންސިލްގެ ރައީސަކަށް ރިޔާޒް ހޮވަންވީ ކީއްވެތޯއާއި ރިޔާޒު ހޮވިއްޖެނަމަ އެމްޑީޕީގެ މެމްބަރުންގެ ނުތަނަވަސްކަން ހުރެދާނެތޯ ކުރި ސުވާލަށް އޭނާ ދިނީ ސާދާ ޖަވާބެކެވެ.
"ކުލަތެކަކޫ އަދި އެހެން ކަމެއް ، ޚިދުމަތް ދިނުމު އޮންނާނޫ ، އެކަމެއް އަވަހަށް ކޮށްދެވޭތޯ ބެލުން ، އެޔަކޫ ވަކި މީހަކަށް ، ވަކި އާއިލާއަކަށް ވެގެން އޮންނަ ކަމެއް ނޯން"
ރިޔާޒު ބުނީ އޭނާއަކީ ވަކި ފިކުރަކަށް ތަފާތު ކުރުމެއް ގެންގުޅޭ މީހެއް ނޫން ކަމަށާއި ފޮނަދޫގެ ކުދިބޮޑު އެންމެންނަކީ އޭނާ ދަންނަ ، އޭނާގެ އަޚުންނާއި އުޚުތުން ކަމަށެވެ. އަދި މިދިޔަ ދައުރުތަކުގައި ވެސް އޭނާއަށް ވޯޓް ދިން މީހެއް ނުދިން މީހެއްގެ ތަފާތެއް ޚިދުމަތުން ފެނިގެން ގޮސްފައި ނުވާނެ ކަމަށެވެ. އަދި އޭނާއަކީ ނަތީޖާ ނެރެދީފައިވާ ކެނޑިޑޭޓެއް ކަމަށާއި މަންޒިލަށް ވާޞިލްވުމުގައި "ރިޔާ " އަކީ ފޮނަދޫ ރައްޔިތުންނަށް އިތުބާރު ކުރެވޭނެ މީހެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ހަމައެއާއެކު އޭނާއަކީ ކޮންމެ ސަރުކާރެއް އޮތަސް ، ސަރުކާރުން ހިންގާ ޕްރޮޖެކްޓަކަށް ހުރަސް އަޅާނެ މީހެއް ނޫން ކަމަށާއި މާޒީން ވެސް އެކަން ސާބިތު ވާނެ ކަމަށެވެ. [caption id="attachment_75543" align="alignnone" width="1024"] ރިޔާޒްގެ ކެންޕެއިން ޕޯސްޓަރެއް. މިއީވެސް އޭނާގެ އަމިއްލަ މަސައްކަތް[/caption]

ޚިދުމަތުގައި ދެ ދައުރު؛ ރަށަށް ގިނަ ކުރިއެރުންތަކެއް

ލާމަރުކަޒީ ގާނޫނަށް މިއަހަރު ގެނައި އިސްލާޙްތަކާއެކު ރަށު ކައުންސިލްތަކަށް ގިނަ ބާރުތަކެއް ލިބިދީފައި ވީ ނަމަވެސް މިހާރަށްވުރެ ހަނި ފުރުސަތުތަކާއެކު ވެސް ރިޔާޒް ވަނީ ފާހަގަ ކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ ގޮތުން ރަށުގައި ދަރުސް ޕްރޮގްރާމްތައް ބޭއްވުމާއި ކައުންސިލް އިން ޚަރަދުކޮށްގެން ރަމަޟާން މަހު ހާފިޒުން ގެނެސް ހިފްޒްކޮށް ތަރާވީޙް ކުރުމާއި ލ.ފޮނަދޫ ޤުރުޢާނާ ބެހޭ މަރުކަޒުގެ ގޮތްޕަކާއި އައިޔޫއެމް ކެންޕަސް ރަށުގައި ޤާއިމް ކުރުން ހިމެނެއެވެ. އިޖުތިމާޢީ ދާއިރާއަށް ބަލާލާއިރު، ރަށުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމާއި ޤައުމީ ފެންވަރުގައި ލ.ފޮނަދޫގައި ޢީދު ފާހަގަ ކުރުމާއި، ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރި ކުރުމާއި ކުޅިވަރު މުބާރާތްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ސްޕޮންސަރޝިޕްތައް ދިނުން ހިމެނެއެވެ. [caption id="attachment_75541" align="alignnone" width="1024"] ރިޔާޒް، އެންވައިރޮނޮމެންޓް މިނިސްޓަރއާއެކު[/caption] މީގެ އިތުރުން ރަށުގެ ރައްޔިތުންނަށް ނަފާ ހޯދުމަށްޓަކައި ބިން ކުންޏަށް ދީގެން، ވިޔަފާރިތަކަށް ވެސް ގިނަ ފުރުސަތުތަކެއް ދީފައި ވެއެވެ. އަދި ފޮނަދޫއަކީ އެކި ރަށްރަށުގެ ގިނަ މީހުން އެކި ބޭނުންތަކަށް އަރާ ފައިބާ ހަދާ ރަށަކަށްވާއިރު، އެފަރާތްތަކަށް ލުއިއެއްގެ ގޮތުން ރަށުގައި ފެރީ ޓާމިނަލްއެއް ޤާއިމް ކުރުމުގެ މަސައްކަތް ފަށާ އެމަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. ރިޔާޒްގެ ރައީސްކަމުގައި ފޮނަދޫގައި އިންފްރާސްޓްރަކްޗަރ ގިނަ މަސައްކަތްތަކެއް ކުރިޔަށް ދިޔައެވެ. މިގޮތުން ބަރާސިލް އަވަށު ބޯޅަގޭގެ މަސައްކަތާއި ވީރާނާވާން ދޫކޮށްލާފައި އޮތް މެދުއަވަށު އިޖްތިމާޢީ މަރުކަޒު ހެދުމާއި، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތް ކުރިގަމު އިޖްތިމާޢީ މަރުކަޒު ހެދުން ވެސް ހިމެނެއެވެ. މީގެ އިތުރުން ރަށުގައި އައުޓް ޑޯ ޖިމް އެއް ހެދުމާއި ޕާކްތައް ރަށުގައި ތަރައްޤީ ކޮށްފައި ވަނީ ވެސް ރިޔާޒްގެ ރައީސް ކަމުގައެވެ. ހަމައެހެންމެ ކުޅިވަރު ބިންތަކާއި އިޖްތިމާޢީ ސަރަހައްދުތައް ބެލެހެއްޓުމާއި މަގުތައް ސާފުކޮށް ބެލެހެއްޓުމަކީ ވެސް ފާހަގަ ކޮށްލެވޭ ޚިދުމަތްތަކެކެވެ. ރިޔާޒްގެ ރައީސްކަމުގައި ކައުންސިލުން އަލަށް ފަށާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ފޮނަދޫގައި ލޯކަލް މާރުކޭޓެއް ހެދުމާއި ބަރާސިލް އަދި މެދު އަވަށުގައި ޕާކެއް ހެދުން ހިމެނެއެވެ. މިކަންތައް ކުރުމަށް މިހާރުވަނީ ކުރެހުން ނިންމާ އިޢުލާން ވެސް ކޮށްފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ޕްލޭނިންގ ސްޓޭޖްގައި ވެސް ގިނަ މަޝްރޫޢުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ބަރާސިލް އަދި ކުރިގަމު އަވަށު ފިނިމައިޒާނެއް ހެދުމާއި މެދު އަވަށު ވޮލީ ބޯޅަ ކޯޓެއް އެޅުން ހިމެނެއެވެ،

ހިންގުމުގެ ރެކޯޑްތައް

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީން ހިންގުންތެރި ކައުންސިލްތަކަށް ދޭ އެވޯޑް ވެސް ރިޔާޒްގެ ރައީސްކަމުގެ ދަށުން ފޮނަދޫ ކައުންސިލުން ވަނީ ހާޞިލް ކޮށްފައެވެ. އެ ގޮތުން ލާމަރުކަޒީ ނިޒާމަށް ހިންގުމުގެ ދާއިރާއިން ފޮނަދޫ ކައުންސިލް ވަނީ 2019 ވަނަ އަހަރު މުޅި ރާއްޖެއިން ދެވަނަ ހޯދައިފައެވެ. އަދި ފޮނަދޫ ކައުންސިލް ވަނީ 2018 ވަނަ އަހަރު ހައްދުންމަތީގެ އެއްވަނަ ހޯދައިފައެވެ. ރިޔާޒު ބުނީ މި ހުރިހައި ސަބަބުތަކަށް ޓަކައި ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް މިވަގުތު ކުރިމަތިލައިފައިވާ އެންމެ ޤާބިލް ކެނޑިޑޭޓަކީ އޭނާ ކަމަށާއި އޭނާއަށް އިތުރު ދައުރެއް ރައްޔިތުން ދެއްވައިފިނަމަ ތަފާތު ދައްކާނެ ކަމަށެވެ. ނޯޓް: މިއީ ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނަށް "ދެން" އިން ކުރިޔަށް ގެންދާ "މަންދޫބުންގެ ބަސް" ގެ ކޮންޓެންޓެކެވެ.  ކެނޑިޑޭޓްގެ ޕްރޮފައިލް އަދި ފޮޓޯ ހިމަންނަން ބޭނުންފުޅުނަމަ، 9632022 ގުޅުއްވުން ނުވަތަ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުން އެދެމެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް