ނައިފަރާއި ހުރައިގެ މޮނިޓަރިން އިތުރު 5 ދުވަހަށް

ކ. ހުރާއާއި ޅ. ނައިފަރުގެ މޮނީޓަރިން ހާލަތު ފަސް ދުވަހަށް ދަންމާލައިފިއެވެ.
އެޗްޕީއޭއިން މިއަދު ވިދާޅުވީ ނައިފަރާއި ހުރައިގެ މޮނިޓަރިންގެ ހާލަތު އިތުރު 5 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
ނައިފަރުގައި ޒަރޫރީ ބޭނުމަށް ފިޔަވައި މަގުމައްޗާއި އާއްމު ތަންތަނަށް ނިކުމެ އުޅުން މަނާކޮށް ކާފިއު އިއުލާން ކޮށްފައި ވަނީ މާޗް 31 ވަނަ ދުވަހު އެވެ. އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ލައިފައި ވަނީ މާޗްމަހުގެ 23 ވަނަ ދުވަހުގައެވެ.
ނައިފަރުން ގިނަ އަދަދެއްގެ މީހުން ފައްސިވެފައިވާއިރު އޭގެ ތެރޭގައި 100އަށް ވުރެ ގިނަ ހައި ރިސްކު މީހުން ވަނީ ދެނެގަނެވިފައެވެ.
ހުރައިން ބަލިވެގެން މާލެ ގެނައި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލައިފައި ވަނީ މާޗްމަހުގެ 22 ވަނަ ދުވަހުއެވެ. އެރަށުގެ މޮނިޓަރިންގެ ހާލަތު އިތުރު ކޮށްފައިވަނީ ވެސް މާޗު 31 ވަނަ ދުވަހުއެވެ.