ރަމަޟާންމަހު ސްކޫލްތަކުގައި ކިޔަވައިދޭނީ 3 ގަޑިއިރަށް
މި އަހަރުގެ ރަމަޟާންމަހު ސްކޫލްތަކުގައި ކިޔަވައިދޭނީ ތިން ގަޑިިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ސްކޫލުތަކަށް މިދިޔަ މާރިޗް މަހުގެ 28 ވަނަ ދުވަހު ފޮނުވި ސާކިއުލާއެއްގައި އެ މިނިސްޓްރީން ބުނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތައް ފަށާނީ ހެނދުނު 8:30-9:00 އާ ދެމެދު ކަމަށެވެ. އަދި ދެ ދަންފަޅީގެ ސްކޫލުތަކުގެ ގަޑިތައް ހެނދުނު 8:30 އާއި މެންދުރު ފަހު 3:00 އާ ދެމެދު ހަމަޖެއްސުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.
ރަމަޟާން މަހު އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ކުދިންނަށް ކިޔަވައި ދޭނީ 1 ގަޑިއިރާއި 30 މިނެޓު ވަންދެނެވެ. ގްރޭޑު 1-6 ގެ ކުދިންނަށް ދެ ގަޑިއިރާއި 30 މިނެޓު އަދި ގްރޭޑު 7 އިން މަތީގެ ކުދިންނަށް ތިން ގަޑިއިރަށް ކިޔަވައި ދިނުމަށް އެޑިއުކޭޝަނުން ވަނީ ހަމަޖައްސާފައެވެ.
މި އަހަރުގެ ރަމަޟާން މަހު މާއްދާއެއް ކިޔަވައިދޭ ވަގުތުގެ ދިގުމިން 30-45 މިނެޓާ ދެމެދަށް ފައްތަން ވެސް އެޑިއުކޭޝަނުން ނެރުނު ސާކިއުލާގައި އަންގައިފައިވެއެވެ. ހަމައެހެންމެ މަދުވެގެން ދެ ހަފުތާ ތެރޭގައި ހުރިހާ މާއްދާ ކިޔަވައިދެވޭނެ ގޮތަކަށް އިންތިޒާމު ކުރުމަށް އެޑިއުކޭޝަންގެ ސާކިއުލާގައި ވެއެވެ.