ޚަބަރު

ރޯދަ މަހު ކައިވެނި ކޮށްދޭ ގަޑިތައް ވެސް އާންމުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރާއްޖޭގައި ބޭއްވި ކައިވެނި ޕާޓީއެއްގެ ތެރެއިން

މި އަހަރުގެ ރަމަޟާން މަހު ފެމިލީ ކޯޓުން ކައިވެނި ކޮށްދޭނެ ގަޑިތައް އާންމު ކޮށްފިއެވެ.

Ads by Hajj Corporation

އެ ގޮތުން އެ ކޯޓުން ބުނެފައި ވަނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައި ވަނީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ފެމިލީކޯޓުގައި އެކަނި ކަމަށެވެ.

އެގޮތުން ރަސްމީ ގަޑީގައި ފެމިލީ ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8:30 އިން 11:30އަށް އަދި މެންދުރު 1:00 އިން 1:45އަށް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ. އަދި ނުރަސްމީ ގަޑީ ކޯޓުގައި ކައިވެނި ކޮށްދޭނީ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:30އަށް ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.

ހަމައެހެންމެ ފެމިލީ ކޯޓުން ބުނެފައި ވަނީ، ކޯޓުން ބޭރުގައި އާންމު ގޮތެއްގައި ކައިވެނި ކޮށްދޭނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އާ ދެމެދު ކަމަށެވެ. ނަމަވެސް އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 9:45 އިން 10:45އަށް ކަމަށާއި، އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 8:00 އިން 9:00އަށް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.

މި އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ކުރިން ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!