Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަޅުގަނޑު ފޮރުވައިގެން ގެންގުޅެނީ އިދިކޮޅު ކޯލިޝަންގެ ފިކުރުދެކެ ބިރުން: ރައީސް ޔާމީން

އަޅުގަނޑު ފޮރުވައިގެން ގެންގުޅެނީ އިދިކޮޅު ކޯލިޝަންގެ ފިކުރުދެކެ ބިރުން: ރައީސް ޔާމީން

މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮރުވައިގެން ގެންގުޅެނީ އިދިކޮޅު ޕީޕީއެމް،ޕީއެންސީގެ ފިކުރުދެކެ ބިރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މެދުވެރިކޮށް މިރޭ ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޖަލުގެ ކުޑަގޮޅިން އެމަނިކުފާނު ރައްޔިތުންނާ މިބައްދަލު ކުރައްވަނީ ގައުމުގެ ހާލަތާ މެދު ކަންބޮޑުވެ ފިކުރުކުރައްވާ ހާލުގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

"2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ޒަޢާމަތާއި އަޅުގަނޑު ހަވާލުވެ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖަހައިދިނީމެވެ. އަދި ޙައްލު ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކޮށްގެން ތިބި ޤައުމީ މަސްލަޙަތުތައް ޙައްލު ކޮށްދިނީމެވެ." ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެކަންކަމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ބޭފުޅުންނާ ވާގިވެރިވާ ބޭރުގެ ފަރާތްތަކާ ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް،ޕީއެންސީގެ ފިކުރަކީ ޤައުމީ ފިކުރެއް ކަމަށެވެ.

"މި ފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު މި ޤައުމަށް ވާނެ ގޮތެއް ވާން ދޫކޮށް ނުލާނެކަން އަޅުގަނޑަށް ޔަގީނެވެ. ތިޔަ ލޮބުވެތި ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މި ގެންގުޅެނީ އެ ބޭފުޅުން މި ފިކުރުދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށް ހީކޮށެވެ. އަޅުގަނޑުމެން އަމާން ދީފާނެ ކަމުގެ ފިނޑި ޚިޔާލުގައެވެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މެސެޖުގައި އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ އެފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނުގެ އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށް ވުރެ އެމަނިކުފާނު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް