Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"ޓެންޑަރ މަރުހަލާއިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާ ނަރުދަމާ ފެށިފައި ނުވާ ރަށެއް މިހާރު ނޯންނާނެ"

"ޓެންޑަރ މަރުހަލާއިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާ ނަރުދަމާ ފެށިފައި ނުވާ ރަށެއް މިހާރު ނޯންނާނެ"
ޓެންޑަރ މަރުހަލާއިން ފެށިގެން، ކޮންމެވެސް މަރުހަލާއެއްގައި ފެނާ ނަރުދަމާ ފެށިފައި ނުވާ އެއްވެސް ރަށެއް މިހާރު މި ރާއްޖެއަކު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ރަށްވެހި ފަތިސް ކެމްޕޭން ނިންމުމުގެ ގޮތުން އއ. ރަސްދޫ ފަޅުމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ދެއްކެވި ވާހަކަފުޅު ޓްވީޓު ކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒްއެވެ. "އަމާޒަކީ ދައުރުގެ ނިޔަލަށް ހުރިހާ ނަރުދަމާ ތަކުން އަތް ދޫކޮށްލުން. ހުރިހާ ރަށެއްގެ ފެނުގެ ނިޒާމް، ތާޒާ ކަމާއެކު ހިނގަހިނގާ ހުރުން. އިރުއިރުކޮޅާ ކަރަންޓް ނުކެނޑުން އެއީ، ފެހުނުން ޖެހުނު ވަޔަކުންވީ ކަމެއް ނޫން. ކުރިކަމަކީ، މި ދެ އަހަރުތެރޭ މާލޭ ވިޔަފާރި ބަނދަރަށް ބޭލި ޖުމްލަ 176 ބޮޑެތި ޖަނަރޭޓަރ ގެނެސް، މިރަށްތަކުގެ އިންޖީނުގެތަކަށް ލާމަރުކަޒު ކުރުން." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައި ވަނީ 2018 ނިމުނުއިރު، އަތޮޅުތެރޭގައި ކަރަންޓް އުފެއްދޭ މިންވަރަކީ ޖުމްލަ 150 މެގަވޮޓް ކަމަށާއި މި ވެރިކަމުގެ 2 އަހަރާ 4 މަހުގެ މިކުރު މާޒީގައި އެކަނިވެސް، އިތުރު 180 މެގަވޮޓް އުފެއްދޭނެ ގާބިލްކަން މާލެ ޞަރައްދުން ބޭރުގައި ގާއިމު ކުރެވިއްޖެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް