Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއީ އެމްޑީޕީގެ ހާއްޔެއް، މިހާލީގައި ޕީޕީއެމަކަށް ބިހެއް ނޭޅޭނެ: ރައީސް ނަޝީދު

މިއީ އެމްޑީޕީގެ ހާއްޔެއް، މިހާލީގައި ޕީޕީއެމަކަށް ބިހެއް ނޭޅޭނެ: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހާއްޔެއް ކަމަށާއި، މި ހާލީގައި ޕީޕީއެމްއަކަށް ބިހެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުގައި ވާދަކުރާ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމުމުގެ ގޮތުން އއ. ރަސްދޫ ފަޅުމަތީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބިސް ފީކުރާނީ ވެސް އަޅުގަނޑުމެން. އެދޫނި ނެރެ ދޫކޮށްލާނީ ވެސް އަޅުގަނޑުމެން" ރައީސް ނަޝީދު ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަކަށް "މި ލާމަރުކަޒީ ނިޒާމާ ހިތާ ނުވެވޭނެ" ކަމަށާއި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.

މި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓަރ ވިދާޅުވީ ނުފޯރާ މީހާގެ ދަރިންނަށް ވެސް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނީ އެމްޑީޕީން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް