Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަރެކްޝަން އިން ދައްކަނީ ދޮގު ވާހަކަތަކެއް: ރައީސް ޔާމީންގެ ވަކީލުން

ކަރެކްޝަން އިން ދައްކަނީ ދޮގު ވާހަކަތަކެއް: ރައީސް ޔާމީންގެ ވަކީލުން

ރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުالله ޔާމީން އަބްދުލްޤައްޔޫމް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލު ކުރެއްވުމަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ބުނެމޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ނެރިފައިވާ ނޫސްބަޔާނުގައި ވާ ވާހަކަތައް އެމަނިކުފާނުގެ ވަކީލުން ދޮގު ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ވަކީލުން ނެރިފައިވާ ނޫސްބަޔާަނުގައި ބުނެފައިވަނީ ރައީސް ޔާމީނާ ބައްދަލު ކުރުމަށް އެދި އެތައްފަހަރަކު މާލޭ ޖަލަށް ދިއުމުންވެސް އެތަނުންމައުލޫމާތު ދިނީ ރައީސް ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް-19 އާއި ގުޅިގެން ސީދާ ގާތުން ބައްދަލު ކުރެވޭނެ އުސޫލެއް އަދި އިންތިޒާމެއް ވެސް ހަމަޖެހިފައި ނުވާ ކަމަށް ވެސް ކަރެކްޝަނުން ބުނި ކަމުގައިރައީސް ޔާމީންގެ ވަކީލުން މައުލޫމާތު ދެއެވެ.

އަދި ހަމައެހެންމެ އެމަނިކުފާނުގެ ވަކީލުން އިތުރަށް ބުނެފައިވަނީ ކަރެކްޝަނަލް ސާވިސްގެ މާލޭ ޖަލުން ދޭ ޖަވާބާއި ކަރެކްޝަނަލް ސާވިސްގެ ވާހަކަތައްފުށޫ އަރާ ކަމަށާއި މިހެންވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ޖަލުތައް ހިންގައި ކޮންޓްރޯލް ކުރަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިންތޯނުވަތަ އެހެން ފަރާތަކުން ސުވާލު އުފެދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް