Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޞާލިޙް ޕޮލިސް އެކެޑެމީ އެކުލަވާލައިފި

ރައީސް ޞާލިޙް ޕޮލިސް އެކެޑެމީ އެކުލަވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، "ޕޮލިސް ބޯޑު" މިއަދު އެކުލަވައި ލައްވައިފިއެވެ. .

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް ޞާލިޙް އައްޔަން ކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.

އެގޮތުން ރައީސް ޞާލިޙް ފުލުހުންގެ ބޯޑަށް ހަމަޖައްސަވާފައި ވަނީ:

Advertisement
Allied — Dhen Online (box)

1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

ރައީސް ޞާލިޙް ފުލުހުންގެ ބޯޑަށް އެކުލަވާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހުން އެ ބޯޑަށް އައްޔަނު ކުރަން ރުހުން ދީފައިވާ ހަތް ބޭފުޅުންނެވެ.

އެ ބޯޑުގައި އެކުލަވާލައިފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ ވަކީލަކާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅެއް އަދި ރައީސާ އާއިލީ ގޮތުން ގުޅުން އޮންނަ ފަރާތެއް ވެސް އެ ބޯޑުގައި ހިމެނޭ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް