Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންތިހާބު އަދާހަމަ: މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

އިންތިހާބު އަދާހަމަ: މިހާތަނަށް 40،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލު އިންތިހާބުގައި މިހާތަނަށް 40،000އަށް ވުރެ ގިނަ މީހުން ވޯޓުލައިފިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

މިހާތަނަށް ވޯޓުލެވޭ މީހުންގެ ޖުމްލަ 17 ޕަސެންޓު ވޯޓުލައިފައިވާކަން ފާހަގަ ކުރައްވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިއީ ވޯޓުލުމަށް ތަރުހީބު މަދު އިންތިހާބެއް ކަމަށެވެ.

"ކުރީ އިންތިހާބުތަކުގެ މި ގަޑިއަށް ބަލާއިރު ވޯޓުލާން ނިކުތް މީހުންގެ ނިސްބަތް މަދު" މިއަދު ކުރިއަށް ދިޔަ އިންތިހާބަށް ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމެއްގައި އީސީ ޝަރީފު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރިން ވިދާޅުވީ ހެނދުނު 9:00 އާ ހަމައަށް މުޅި ރާއްޖެއިން ވޯޓުލާފައި ވަނީ 19،040 ފިރިހެނުންނާއި 10،485 އަންހެނުން ކަމަށެވެ.

"ތަރުހީބު ކުޑަ ކަމަށް ފެންނަނީ. މާލެގައި ބައެއް ފޮށިތައް އެބަހުރި އެއްވެސް މީހަކު ކިއުގައި ނެތް ތަންތަން ވެސް،" ހަބީބް ވިދާޅުވެފައި ވެއެވެ.

މިހާތަނަށް އިލެކްޝަނުން ބެހެއްޓި 713 ވޯޓު ފޮށީގެ ތެރެއިން 709 ވޯޓު ފޮށީގެ ވޯޓުލުން މިހާރު ކުރިއަށް އެބަދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް