Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިއަދުގެ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓެއް ނުލެއްވޭ

މިއަދުގެ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓެއް ނުލެއްވޭ

މަނީ ލޯންޑަރިންގެ ދައުވާގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓެއް ނުލެއްވެއެވެ.

ރައީސް ޔާމީނަށް ވޯޓު ނުލެއްވުނީ މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރަޖިސްޓްރީ ވެވަޑައިގެންފައި ނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުގައި ރައީސްގެ ޔާމީންގެ ނަންފުޅު އޮތީ މައްޗަންގޮޅި މެދު-1 ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައެވެ. އެހެންކަމުން އެމަނިކުފާނު މިއަދު ވޯޓްލުމަށް ފުރުސަތު ލިބިވަޑައިގެންފައި ވަނީ އެ ފޮއްޓަށެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޔާމީން މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރީރަޖިސްޓްރީވެ ވަޑައިނުގެންނެވީ ކަމެއް ނުވަތަ ރަޖިސްޓްރީވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިވަޑައިނުގެންނެވީ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ރައީސް ޔާމީން ވޯޓު ލައްވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް