ބޭސް ފަރުވާއަށް އިންޑިއާއަށް ފުރަން އުޅުނު 3 މީހަކު ފައްސި ވެއްޖެ
![](https://dhen.mv/wp-content/uploads/2020/08/iwfMCraEuwpTWA7-850x466.jpg)
އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް އިންޑިއާއަށް ފުރަން އުޅުނު 3 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
އާސަންދަ ކުންފުންޏާ ހަވާލާދީ "ދަ ޕްރެސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވި ތިން މީހުންގެ ތެރެއިން އެކަކުގެ ނަތީޖާ ރޭ ނައްސި ކަމަށް އައިޖީއެމްއެޗުން އެންގި ކަމަށާއި ނަމަވެސް ނަތީޖާ އައި އިތު އެމީހާ ވަނީ ކޮވިޑަށް ފައްސި ވެފައި ކަމަށެވެ.
އެމީހާގެ ނަތީޖާ ލިބުނު އިރު ހުރީ ބޯއްޓުގައި ކަމަށް ވުމުން މިހާރު ކުރިއަށްދަނީ ބޯއްޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކަމަށާއި ޑިސްއިންފެކްޓް ކޮށް ނިމުމުން ފުރާނެ ކަމަށް ވެސް އާސަންދައާ ހަވާލާދީން އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
އާސަންދައިން ބުނީ ދެން ފައްސިވި ދެ މީހުން އެ ފްލައިޓުގައި އިންޑިއާ އަށް ނުދާނެ ކަމަށެވެ.