މި ކުޑަ ކުއްޖާ ބޮޑު ވެގެންވީ ބޮލީވުޑްގެ ކާމިޔާބު ތަރިއަކަށް

ފޮޓޯއިން ތިޔަ ފެންނަ ކުޑަ ކުއްޖާއަކީ މިހާރު ބޮލީވުޑްގެ ވަރަށް ކާމިޔާބު ތަރިއެކެވެ.
ކުޑައިރު ވެސް "ކިއުޓް" ކަމެއް ހުރި މި ކުއްޖާއަކީ ރީތީގެ ރާނީއެކެވެ. ޚާއްސަކޮށް އޭނަގެ ދިގު އިސްކޮޅާއި، ހިމަތޮޅި ހަށިގަނޑާއި، ރީތި ބޮޑު ދެ ލޮލުގެ އިތުރުން ދެ ކޮލަށް ވެރިވެފައި ހުންނަ ޑިމްޕަލްއަކީ ވެސް އޭނާގެ ކިބައިން ގިނަ މީހުން އަޅައިގަންނަ ރީތިކަމެކެވެ.
މި ވަރަށް ބުނުމުން މިއީކާކުކަން މިހާރު ގިނަ މީހުންނަށް އެނގޭނެއެވެ. ފޮޓޯއިން ތިޔަ ފެންނަ ކުޑަ ކުއްޖަކީ އެފަދަ ދެވަނައެއް ނުވާ ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ދީޕިކާ ޕަދުކޯންއެވެ.

ދީޕިކާ އޭނަގެ އިންސްޓަގްރާމްގައި މިއަދު މި ފޮޓޯ ހިއްސާ ކުރުމުން ވެސް ގިނަ މީހުން ވަނީ ވަރަށް ހައިރާން ވެފައެވެ.
މި ފޮޓޯއަކީ އޭނާގެ މަންމަ ނަގައިދިން ފޮޓޯއެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ރަންވީރް ސިންގާ ކައިވެނި ކޮށްގެން އުޅޭ ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ ޝަތުން ބާތުރާގެ ޕްރޮޖެކްޓަކުން ކަމަށް ރިޕޯޓުތަކުން މައުލޫމާތުދެއެވެ.