Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލަރޓް ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލަރޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލަރޓް ނެެރެފައިވަނީ މިއަދުގެ ހެނދުނު ހަތަކުން މެންދުރު 13:00 އަށެވެ. މެޓުން ބުނެފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވެއެވެ.

އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ ވަނީ ބުނެފައެވެ.

Advertisement
Ooredoo — Square (box)

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށާއި ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބު ތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ހުންނަނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދު ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް