Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީއަށް ދަށް ނަތީޖާއެއް ލިބުނީ ކީއްވެތޯ އެ ޕާޓީގެ ފުރަތަމަ ރައީސް ސުވާލު ކުރައްވައިފި

އެމްޑީޕީއަށް ދަށް ނަތީޖާއެއް ލިބުނީ ކީއްވެތޯ އެ ޕާޓީގެ ފުރަތަމަ ރައީސް ސުވާލު ކުރައްވައިފި

ސަރުކާރު އޮވެ އަދި ރައްޔިތުންގެ މަޖިލީހުގެ 75 އިންސައްތަ އޮވެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ދަށް ނަތީޖާއެއް ލިބުނީ ކީއްވެތޯ ، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު ކުރައްވައިފިއެވެ.

އިބްރާ މި ސުވާލު ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/ibramandhu/status/1381029053516279812?s=21

Advertisement
Allied Insurance — Square (box)

އިބްރާ މި ސުވާލު ކުރައްވާފައި މިވަނީ އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލިފައި ވަނިކޮށެވެ.

މާލޭގެ މޭޔަރުކަމުގެ އިތުރުން ، 18 މެމްބަރުން ހިމެނޭ މާލޭ ސިޓީ ކައުންސިލްގެ 12 ގޮނޑި އެމްޑީޕީއަށް ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ. މިއާއެކު އިބްރާ ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ޕާޓީގެ ވޯޓުފޮށިތަކުގައި ޕާޓީގެ ރައީސް އަތް އެޅީމަ މެމްބަރުން ދާން ޖެހުނީ އީސީ ވޯޓުފޮށިން އަޑު އިއްވަން. މި ހާލަތުގައި ބުޅަލަކަށް ވޯޓު ދޭކަށް ނުޖެހޭ. މީހަކު ދައްކަން ޖެހޭނީ" އިބްރާ މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް