Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަންގްލަދޭޝަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލައިފި

ބަންގްލަދޭޝަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލައިފި

ގައުމީ އެއާލައިން މޯލްޑިވިއަނުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރާ ވައިގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑައިލައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، ޑާކާ ފްލައިޓުތައް ކެންސަލްކޮށްފައި ވަނީ ބަންގްލަދޭޝުން އެގައުމަށް ކުރާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ކަމަށެވެ.

އެހެންކަމުން، މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ދާކާއަށް ކުރާ ދަތުރުތައް ނޯންނާނެއެވެ.

Advertisement
Allied Insurance — Square (box)

އެ މުއްދަތުގައި ފަސިންޖަރުން ގޮވައިގެން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން، ބަންގްލަދޭޝްގެ ސަރުކާރުން ނިންމައިފައ ވަނީ ބަންގްލަދޭޝްގައި ކޮވިޑް-19 ހާލަތު ގޯސްވަމުން އަންނާތީ އެގައުމުގައި އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅިގެންނެވެ.

ވައިގެ މަގުން ކުރާ ހުރިހާ ދަތުރެއް ކެންސަލް ކުރުމަށް ބަންގްލަދޭޝްއިން ނިންމުމާއެކު އެގައުމަށް ކުރާ 500 އަށް ވުރެ ގިނަ ފްލައިޓު ކެންސަލްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބަނގުލަދޭޝްގައި މިދިޔަ ހުކުރު ދުވަހު 7462 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެގައުމުގައި މިހާތަނަށް ޖުމްލަ 684،756 މީހުންނަށް ކޮވިޑް19 ޖެހުނުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބަލި ޖެހިގެން މިހާތަނަށް 9،739 މީހުން ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް