Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައްޔިތުންގެ ކަންބޮޑުވުން ހުރީ އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މަތީގައިކަން އެނގިއްޖެ: ރައީސް

ރައްޔިތުންގެ ކަންބޮޑުވުން ހުރީ އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ މަތީގައިކަން އެނގިއްޖެ: ރައީސް

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ރައްޔިތުންގެ ކަންބޮޑުވުން ހުރީ ހީފުޅު ކުރެއްވި ވަރަށް ވުރެ މަތީގައި ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ކަމަށާއި، އެ މައްސަލައަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވެސް މާލެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށާއި އެއީ ވެސް ސަބަބެއް ކަމަށެވެ. އެގޮތުން ޓެކްސީ ދުއްވާ ބޭފުޅުންނާއި ރެސްޓޯރެންޓުތަކުގެ ވެރިންނާއި ވިޔަފާރިވެރިންނަށް ގެއްލުންވި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވުރެއް ކަމަށާއި، އެ ނިޒާމުގެ ދަށުން ކައުންސިލަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި މިކަމުގައި ވަކި ޕާޓީއަކަށް ނުބައްލަވާނެ ކަމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް