ޚަބަރު

މިއީ މިޑްޓާމް އިލެކްޝަނެއްގައި އެއްވެސް ސަރުކާރަކަށް ނުލިބޭ ކާމިޔާބީއެއް: ރައީސް ޞާލިހު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް 49 އިންސައްތަ ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް މަރުޙަބާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ އުންމީދު ކުރަނީ ކައުންސިލްތަކުން އެއްބާރުލުމާ އެކީގައި މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިހާތަނަށް ގުނި ވޯޓުތަކުގެ ތެރެއިން 43 އިންސައްތަ ގޮނޑި ކާމިޔާބު ކުރި ކަމަށާއި 92 ޕަސެންޓް ވޯޓު ގުނި އިރު އޭގެ ތެރެއިން 49 ޕަސެންޓް އެމްޑީޕީން ކާމިޔާބު ކޮށްފައިވާ ކަމަށެވެ. އަދި މި ކާމިޔާބީ ފާހަގަ ކުރައްވާއިރު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކާއި އިހްސާސްތައް ހުރިކަން ފާހަގަ ކުރެއްވިފައިވާ ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އެއީ މިޑްޓާމް އިލެކްޝަނެއްގައި އެއްވެސް ސަރުކާރަކަށް ލިބިފައިވާ ކާމިޔާބެއް ނޫން. އެކަމަކު މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ވޯޓުގެ ނަތީޖާ އިން އެނގިފައިވޭ. އެކަންކަމަށް ކުރިއަށް އޮތްތާނގައި އެޑްރެސް ކުރާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ ސިޓީގެ ކައުންސިލަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައި ކަމަށާއި އެއީ މާލެ ސިޓީގެ ރައްޔިތުންގެ ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ މި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ތެރެއިން 35 ޕަސެންޓަކީ އަންހެނުން ކަމީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!