Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ރައީސް ޔާމީނަކަށް ނުވާނެ: ރައީސް ޞާލިޙް

އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ރައީސް ޔާމީނަކަށް ނުވާނެ: ރައީސް ޞާލިޙް

އިރާދަކުރެއްވިއްޔާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ މެޑަމް ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށާއި އިރާދަކުރެއްވިއްޔާ ކުރީގެ ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

"މެޑަމް ފާތުންގެ ސިޓީއެއް ލިބިފައި އެބައޮތް އަޅުގަނޑަށް. އަދި ހަތަރު ވަރަކަށް ދުވަސްކުރިން އަޅުގަނޑު ޕީޕީއެމް ލިޑަޝިޕްގެ ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިން. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުން. ކަމާ ބެހޭ ފަރާތްތަކާ އަޅުގަނޑު ވާހަކަ ދައްކަމުން މިދަނީ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނުވާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅާ ގުޅޭ ގޮތުން އިދިކޮޅު ލީޑަރޝިޕުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް އެފަދަ މައްސަލައެއް ރައީސް ޔާމީންގެ ނެތްކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

ރައީސް ޔާމީންގެ ޑޮކްޓަރުން އިރުޝާދު ދެއްވީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ކަމަށާއި ނަމަވެސް ރައީސް ޔާމީން އެ ގޮތް ބޭނުންފުޅުވެ ވަޑައިނުގަތް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް