Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޔާމީން ބޭރަށް ފުރަން ދިން ފުރުސަތު ބޭނުމެއް ނުކުރެއްވި: ރައީސް ޞާލިހު

ރައީސް ޔާމީން ބޭރަށް ފުރަން ދިން ފުރުސަތު ބޭނުމެއް ނުކުރެއްވި: ރައީސް ޞާލިހު

5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރުން ޓެސްޓުތަކެއް ހަދަން ދިން ފުރުސަތު ބޭނުން ނުކުރެއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީނު ގެކޮޅަށް ބަދަލުކޮށްދިނުމަށް އެދި، އެމަނިކުފާނުގެ އަނބިކަނބަލުންގެ ސިޓީއެއް ވެސް ލިބިވަޑައިގެންނެވި ކަމަށާއި އެކަމާ ގުޅިގެން އިދިކޮޅު ލީޑަޝިޕާ ވެސް ވަރަށް ފަހުން ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެ ފަރާތްތަކުގެ އެންމެ ބޮޑު އެދުމަކީ ރައީސް ޔާމީނަށް ލުޔެއް ހޯދައި ދިނުން ކަމުގައި ރައީސް ފާހަަގަ ކުރެއްވިއެވެ.

އާއިލާއިން ރައީސް ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަ ކުރެއްވި ނަމަވެސް، އެއްވެސް ސިއްހީ މައްސަލައެއް ހުރި ކަމަށް ޔާމީން އެއްބަސްވެވަޑައިނުގަންނަވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓުތައް ހެއްދެވުމަށް ޑޮކްޓަރ ލަފާ ދެއްވި ނަމަވެސް ބޭރަށް ވަޑައިގަންނަވަން ރައީސް ޔާމީން ދެކޮޅު ހައްދަވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ލުޔެއް ހޯދައި ދިނުމަށް ކަމާ ބެހޭ މުވައްސަސާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް ދެރަ ގޮތެއް ވިޔަ ނުދެއްވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް